ކޮންމެ މީހަކުވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކޮންމެ މީހަކުވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެއް!

މިއަދު ގިނަބައަކު މިވަނީ ފާފަތަކުން ތެމި ފޯވެފައެވެ. އެކިމީހުން އެކި ކަންކަމުގައެވެ. އެމީހަކަށް ކުރެވޭފާފަތައް އެނގޭނީ އެމީހަކަށެވެ. ސުވާލަކީ ފާފަތައް ނުކުރެވެނީ ކާކަށް ހެއްޔެވެ؟ ﷲ ތައާލާ ނަހީކުރެއްވެވި ކަންކަން އެކި މިންވަރަށް ނުކުރެވެނީ ކާކަށް ހެއްޔެވެ؟ ފަރުޟުތައް ފުރިހަމަ ގޮތުގައި އަދާކުރެވެނީ ކާކަށް ހެއްޔެވެ؟

މިއީ ހަމަ ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރެންވީ ވަގުތެވެ. އެނބރިހުރެ ދަންނަވާށެވެ!

"ޔާ ﷲ! މިއަޅާއަށް ކުރެވިފައިވާ ފާފަތައް މޮޅަށް ދެނެވޮޑިގެންވަނީ ވެސް އިން ﷲ އެވެ! މިއަޅާއަށް ކުރެވިފައިވާ ފާފަތަކަށް މިއަޅާއަށް ޢަފޫކުރައްވަވާނދޭވެ! ފާފަތައް ފުއްސަވައިދެއްވަވާދޭނވެ! ޝައިޠޯނާގެ މަގުން މިއަޅާ ސަލާމަތްކުރައްވަވައި މިއަޅާގެ ހިތް ޠޯހިރުކުރައްވަވައިދެއްވަވާނދޭވެ!" އާމީން

 

އަސްތަޣްފިރުﷲ ކިޔުން ގިނަކުރާށެވެ! ހަމައެއާއިއެކު މިބުނިފަދައިން ދުޢާކުރުމަށްފަހު އިތުރަށް ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަނުކޮށް ހުރުމަށް މަގުފަހިކުރައްވަވައި ދެއްވަވާނީވެސް، ޝައިޠޯނާގެ ކިބައިން ސަލާމަތްކުރައްވަވައި ދެއްވަވާނީވެސް އަދި ހިތް ޠޯހިރުކޮށްދެއއްވަވާނީވެސް އެކަމަށް އެދިގެން އެމީހަކު މަސައްކަތްކުރިވަރަކަށެވެ.

--އުސްތާޛް ޢބްދުއްރާޝިދުގެ ދަރުސަކުން

މިއަދު އޮންލައިން