އެހެން މީހަކަށް ލިބުނު ބައިވެރިޔާ ރީތިވާއިރަށް އޭނާއަށް ބޭނުންނުވެ ތިމާއަށް ލިބުނު މީހާއާ ކައިވެނިކުރުމުން ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އެހެން މީހަކަށް ލިބުނު ބައިވެރިޔާ ރީތިވާއިރަށް އޭނާއަށް ބޭނުންނުވެ ތިމާއަށް ލިބުނު މީހާއާ ކައިވެނިކުރުމުން ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ވަރަށް ރީތި ބައިވެރިއަކު ލިބުމުން ދިރިއުޅުމުގައި ލިބޭ އުފާވެރިކަމަށްވުރެ އެފަދަ ނޫން ބައިވެރިއެއްގެ ކިބައިން ލިބޭ އުފާވެރިކަން މާބޮޑުވެދާނެއެވެ. ހަމައެފަދައިން ތަނަވަސް ބައިވެރިއެއްގެ ކިބައިން ލިބޭ ހިތްހަމަޖެހުމަށްވުރެ ފަޤީރު ބައިވެރިއެއްގެ ކިބައިން ލިބޭ ހިތްހަމަޖެހުން މާބޮޑުވެދާނެއެވެ.

ތަނަވަސްކަން ލިބުމުގައިވެސް އޮތީ ހަމައެފަދަ ގޮތެކެވެ. ފަޤީރުޙާލުގައި އުޅޭ އެތައްބައަކަށް ފަހުން ތަނަވަސްކަން ދެއްވަވައެވެ. ތަނަވަސްކަމުގައި އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރާފަހުން އެބަ ފަޤީރުކުރައްވަވައެވެ.

މިއިން އެއްވެސް ކަމެއްގެ މައްޗަށް އެއްވެސް މިންވަރަކަށް ބާރެއް ނުހިންގޭނެއެވެ. އޮތީ ޝުކުރުވެރިވެ މިންވަރަށް އީމާންވުމެވެ. ވީމާ އަނެކާއަށް ދެއްވެވި ކަންކަމަށް ނުބަލާށެވެ! ތިމާއަށް ލިބެން އޮތް މިނަވަރު އެއީ ތިމާއަށް ދެއްވެވި މިންވަރުކަމަށް ޤަބޫލުކުރާށެވެ! ކައިވެނިކުރަން ޝަރުޠު ހަމަވާނަމަ ކައިވެނިކުރުން އަވަސްކުރާށެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެއިރުން ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ކައިވެނި ކުރާ ޢުމުރުގެ މިހައި ގިނަ މީހުން ކައިވެނިނުކޮށް މިތިބެނީ ހަމަ ކައިވެނިކުރާނެ މީހަކު ނުވެގެންތޯ ވިސްނައިލަން އެބަޖެހެއެވެ. ކައިވެނިނުކޮށް ތިބި ގިނައަދަދެއްގެ އަންހެނުންނާއި ފިރިހެނުން މިހައި ގިނަވެފައިވުމަށް ދިމާވާ ސަބަބާއިމެދު ވިސްނައިލަން ޖެހެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ.

ގިނަބައަކު ކައިވެނިނުކޮށް ތިބީ ނުވަތަ ކައިވެނިކުރުން ފަސްކުރަނީ ކައިވެނިކުރާނެ ބައިވެރިއަކު ނުލިބިގެނެއް ނޫނެވެ. ތިމާގެ އެކުވެރިންގެތެރެއިން މީހަކު ކައިވެނިކުރި ބައިވެރިޔާފަދަ ނުވަތަ އެއަށްވުރެ ފުރިހަމަ ބައިވެރިއަކު ނުލިބިގެންނެވެ. އޭނާއަށްވުރެ ފުރިހަމަކޮށް ކައިވެނީގެ ހަފްލާ ބާއްވަން ބޭނުންވެގެންނެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއަދު ގނަބައަކު ދެރަވެ މާޔޫސްވަނީ އެމީހުންނަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވަވާފައިނުވާތީއެއް ނޫނެވެ. ކޮންމެވެސް މީހަކަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ދަހިވެތިވެވިގެންނެވެ. ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ނިޢްމަތްތައް މިނަވަރުކުރައްވަވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މިންވަރަކަށެވެ. ނިޢްމަތްތައް އިތުރުކުރައްވަވަނީ އަދި މަދުކުރައްވަވަނީވެސް އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތުގައެވެ. އެކަންކަމުގެ މައްޗަށް އެއްވެސް މިންވަރަކަށް ބާރު ހިންގުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

މިސާލަކަށް ބުނާނަމަ ކައިވެނިކުރަން ލިބޭ ބައިވެރިޔާ އެހައި ފުރިހަމަނުވެދާނެއެވެ. ނަމަވެސް ފަހުން މާފުރިހަމަ ބައިވެރިއަކު އެބަދެއްވަވައެވެ. އަދި ފުރަތަމަ ވަރަށް ފުރިހަމަ ބައިވެރި ލިބުނު ނަމަވެސް އެބައިވެރިޔާ ގެއްލި ފަހުން ލިބޭ ބައިވެރިޔާ އެހައި ފުރިހަމަ ނުވެދާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން