އެމްޓީސީސީން މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް ރޯދަމަހު ފަހު 10 ގައި އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އެމްޓީސީސީން މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް ރޯދަމަހު ފަހު 10 ގައި އިތުރުކޮށްފި

ރަމަޟާންމަހުގެ ފަހު 10 ދުވަހުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ. މިގޮތުން މާލެއާއި ހުޅުމާލެ އަދި މާލެތެރޭގައި ދުއްވާ ބައެއް ރޫޓުތަކުގެ ޚިދުމަތް ރޭގަނޑު 2:00 އާ ހަމައަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ R1، R2، R6، R7 އަދި R8 ގެ ދަތުރުތަކާއި، މާލެތެރޭގައި ދަތުރުކުރާ R10 އަދި R11 ގެ ދަތުރުތަކުގެ ޚިދުމަތް ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން މި ރޫޓުތަކުގެ ޚިދުމަތް ނިމެމުން ދިޔައީ ރޭގަނޑު 12:00 ގައެވެ.

"މި ބަދަލުތަކަކީ ރަމަޟާންމަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ޚިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއް،" އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކާއެކު ރަމަޟާންމަހުގެ ފަހު 10 ދުވަހުގެ ރޭތަކުގައި ބަހުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. މި ބަދަލު ވަނީ މިރޭން ފެށިގެން ތަންފީޒުކުރަން ފަށާފައެވެ.

މިއަދު އޮންލައިން