ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ އާއި ތަހްނިޔާ އެންމެހާ ރައްޔިތުންނަށް ރައީސް އަރިސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ އާއި ތަހްނިޔާ އެންމެހާ ރައްޔިތުންނަށް ރައީސް އަރިސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހްނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން" ކަމަށެވެ.

މީގެއިތުރުން ރައީސް އެ ޕޯސްޓުގައި ދުޢާ ކުރައްވާފައިވަނީ، މާތްﷲ މި ބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމަޔާއި ޡަވާބު އެންމެންނަށް މިންވަރު ކުރެއްވުމަށާއި، ލައިލަތުލް ޤަދްރީގެ މަތިވެރި ނިޢުމަތް އެންމެންނަށް ދެއްވުމަށެވެ.

ރަމަޟާން މަހުގެ ފަހު ދިހައަކީ މި މަހުގެ އެންމެ މަތިވެރި ދުވަސްތައް ކަމަށްވެފައި، މި ދުވަސްތަކުގެ ތެރޭގައި ހާހެއްހާ މަސް ދުވަހަށްވުރެ ހެޔޮވެގެންވާ ލައިލަތުލް ޤަދްރު ވެއެވެ.

 

މިއަދު އޮންލައިން