ތިލަފުށީގެ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 13 މެގަރ ވޮޓްގެ ހަކަތަ އުފެއްދޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިލަފުށީގެ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 13 މެގަރ ވޮޓްގެ ހަކަތަ އުފެއްދޭނެ: ވަޒީރު

ތިލަފުށީގައި ޤާއިމްކުރެވޭ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 13 މެގަރ ވޮޓްގެ ހަކަތަ އުފެއްދޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު ވިދާޅުވީ، މި ނިޒާމުން ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އުފެއްދޭ 13 މެގަރ ވޮޓްގެ ތެރެއިން 10 މެގަރ ވޮޓް މާލެ ސަރަހައްދުގެ ގްރިޑަށް އިތުރުކުރެވޭނެ އެވެ. އަދި ބާކީވާ 3 މެގަރ ވޮޓް ބޭނުންކުރެވޭނީ ތިލަފުށީގައި ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެ ޕްރޮގްރާމް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅުގައި. ފޭސް 2 ގެ އިންސިނިރޭޓަރގެ މަޝްރޫއަށް 145 މިލިޔަން ޔޫއެސް ޑޮލަރު ހަރަދުވާނެ. މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް އަވަސް ކުރަން ރައީސް ވަނީ އިރުޝާދު ދެއްވާފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ތިލަފުށީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެ، މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މިއަދު އޮންލައިން