މަޤްބޫލު ސަބަބެއް މެދުވެރިނުވާނަމަ ކެއުމަށް ލިބޭ ދަޢުވަތު ދޫކޮށްނުލާށެވެ! ޚާއްޞަކޮށް ވަލީމާތަކަށް ދާންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
މަޤްބޫލު ސަބަބެއް މެދުވެރިނުވާނަމަ ކެއުމަށް ލިބޭ ދަޢުވަތު ދޫކޮށްނުލާށެވެ! ޚާއްޞަކޮށް ވަލީމާތަކަށް ދާންވާނެ!

އެއީ ކެއުމަކަށް ކަމަށްވީނަމަވެސް މުސްލިމުންގެ ގިނަ ބައަކު ބައިވެރިވާ ކަންކަމުގައި ބައިވެރިވުމުން ފައިދާކުރާނެއެވެ. ޙދީޘްފުޅުގައި ""ކެއުމަކަށް ދަޢުވަތު ދެވިއްޖެނަމަ، ފަހެ، އިޖާބަދޭށެވެ. ދެން އެމީހަކު ބޭނުންނަމަ ކާށެވެ. ކާން ބޭނުން ނުވާނަމަ ނުކާށެވެ." އޮތީ އެކަމުގައި ބައިވެރިވުމުން ފައިދާކުރާނެތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

ފުރަތަމަ ކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ދާދި ފަހުން ލިބުނު ދަޢުވަތެކެވެ. ދަޢުވަތު ލިބުން ލަސްވެފައި ދިމާވި އެހެންވެސް ބައެއް ކަންކަމާއިހުރެ ދަޢުވަތަށް ޢިޖާބްދިނުމާއިމެދު ކުޑަކޮށް ވިސްނައިލެވުނެވެ.  

އެންމެ ފަހުން ނިންމީ ޙަދީޘްފުޅަށް ޢިޖާބަދީ ދާށެވެ. ދިއުމުން ކަންކަން މެދުވެރިވީ ހީވެސް ނުކުރެވޭފަދަ ގޮތަކަށެވެ. ގިނަދުވަސްތަކެއް ވަންދެން ބައްދަލުނުވެ ތިބި އެތައް ބައިވަރު އެކުވެރިންނާއި ބައްދަލުވިއެވެ. އެކަމުން ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ. އެއިގެ އިތުރުން ދަޢުވަތު ލިބުނުމުގައި މެދުވެރިވި ކަންކަން އޮޅުންފިލުމުން އަޚާގެ މައްޗަށް ލޯބި އިތުރުވެގެންދިއައެވެ. އެތައް ގޮތަކުން ގުޅުން ބަދަހިވެގެންދިއައެވެ.  

ދެން މި ބަސްފުޅަށް ބަލައިލަމާ ހިނގާށެވެ!  

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«

إِذَا دُعِيَ أَحَدُكُمْ إِلَى طَعَامٍ، فَلْيُجِبْ، فَإِنْ شَاءَ طَعِمَ، وَإِنْ شَاءَ تَرَكَ» [رواه مسلم / كتاب: النكاح / باب: الأمر بإجابة الداعي إلى دعوة / رقم: 105 – (1430)] 

މާނައީ:

"ކެއުމަކަށް ދަޢުވަތު ދެވިއްޖެނަމަ، ފަހެ، އިޖާބަދޭށެވެ. ދެން އެމީހަކު ބޭނުންނަމަ ކާށެވެ. ކާން ބޭނުން ނުވާނަމަ ނުކާށެވެ." 

ކައިވެނީގެ ވަލީމާގެ ބޮޑުމިނާއި، އެކަމުގައި ކުރާ ހޭދަ އަދި އުފުލަންޖެހޭ ބުރައަކުން ވަލީމާގެ ޤަދަރު މިން ނުކުރެވޭނެއެވެ. އެހެނެއްކަމަކު އޭގެ މަޤްޞަދަކީ މުސްލިމުންގެ މެދުގައި އަޚްވަންތަކަމާއި ގުޅުން އުފެއްދުމެވެ. ވަލީމާގައި އިސްރާފުކުރުމާމެދު ދަންނައެވެ. ފަހެ، އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ޝަރީޢަތާ ޚިލާފުކަމެކެވެ. އަދި ބަރަކާތް ކެނޑޭ ކަމެކެވެ.  

الشيخ عبد البارئ بن عواض الثبيتي - حفظه الله

މިއަދު އޮންލައިން