އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
ރޯދަމަހު އަޅުކަން ކުރުމުގަ އެންމެ ބޮޑަށް ހީވާގިވާންވީ ކޮން ރޭތަކެއްގައިތަ؟
އެހީ:
ރަމަޟާން މަހު އެންމެ ބޮޑަށް ހީވާގިވާންވީ ފަހުދިހައިގެ ރޭތަކުގައެވެ. އެންމެ ރަނގަޅު، އެންމެ ފައިދާހުރި ގޮތަކީ ވަކި ރެއަކަށް ނުބަލައި ހުރިހާ ރޭތަކުގައިވެސް ވީހާ ގިނަ އަޅުކަންކޮށް ދުޢާކުރުމުގައި ވަޤުތުތައް ހޭދަކުރުމެވެ. ލައިތުލްޤަދްރިވިލޭރެއަކީ ހުރިހާ ރަމަޟާން މަހެއްގައި އެއް ރެއަކަށް ނުވެދާނެކަމަށްވެސް ބައެއް ޢިލްމްވެރިން ބަޔާން ކުރައްވައެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.