ފިރިމީހާގެ ޢާއިލާގެ މީޙުންގެ ކުރިމަތީގަ އޮތީ ބުރުގާ އަޅައި ނިވާވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ފިރިމީހާގެ ޢާއިލާގެ މީޙުންގެ ކުރިމަތީގަ އޮތީ ބުރުގާ އަޅައި ނިވާވާން!

އެއީ ކިތަންމެ ގާތް ބައަކު ނަމަވެސް މަޙްރަމުން ނޫން މީހުންގެ ކުރިމައްޗަށް ނުކުމެ އުޅެން އޮތީ ބުރުގާ އަޅައިގެންނެވެ. ނަމަވެސް މިހާރަކަށް އައިސް ފިރިމީހާގެ ޢާއިލާގެ މީހުންނާއި ވަރަށް ގާތް އެކުވެރިންގެ ކުރިމަތީގައި ނިވާވުމަށް ސަމާލުކަން އެބަ ކުޑަކުރެއެވެ. މިއީ ހޭލުންތެރިކަން އިތުރުކުރަން ޖެހިފައި އޮތް ކަމެކެވެ.  

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ފިރިމީހާގެ ދެބެންގެ ދެދަރި އަށް ވުރެ ކައިރިން ފިރިމީހާގެ އެއްބަނޑު އެއްބަފާ މީހުންގެ ކުރިމަތީގައިވެސް ބުރުގާ އަޅާ ނިވާ ކުރަން ޖެހޭނެއެވެ. އެއިން އެއްވެސް މީހަކީ ދާއިމީ ގޮތެއްގައި ކައިވެނި ޙަރާމް ބައެއް ނޫނެވެ. ފިރިމީހާ ނިޔާވެއްޖެ ހިނދެއްގައި، ނުވަތަ ކައިވެނި ރޫޅިއްޖެ ހިނދެއްގައި އެއިން މީހަކާ ކައިވެނި ކުރެވިދާނެއެވެ.  

ނަމަވެސް ދާއިމީ ގޮތެއްގައި ކައިވެނި ޙަރާމް މީހުންނާ ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެއެވެ. ވީމާ، މަޙްރަމުން ކަމުގައިވަނީ ދާއިމީ ގޮތުން ކައިވެނި ޙަރާމް މީހުންނެވެ. އަދި އެބައެއްގެ ކުރިމަތީގައި ބުރުގާ ނާޅާ އުޅެވޭނެ ބަޔަކީވެސް މަޙްރަމުންނެވެ. 

ކޮންމެ އަކަސް މިފަދަ ގާތް ތިމާގެ މީހުންނާއި މެދު ގިނަ ފަހަރަށް އޮންނަނީ ފަރުވާ ކުޑަ ކުރެވިފައެވެ. އެމީހުންގެ ކުރިމަތީގައި ނިވާ ނުކުރެވޭތަން އޮންނަނީ ގިނަވެފައެވެ. ނަމަވެސް، ޅިއެން ފަހަރިންގެ މައްސަލަ އަކީ ވަރަށް ނުރައްކާތެރި މައްސަލަ އެކެވެ.  

އެކަމުގެ ނުރައްކާތެރިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާ ކުރެއްވިއެވެ.  

"ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ''(إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831)  

''މާނައީ: ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިނދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ ''ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟''  ޙަދީޡްކުރެއްވިއެވެ'' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ'' މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން