ލައިލަތުލްޤަދްރް ލިބިގަންނަން އެދޭމީހާ "ތިމާ އެއްވެސް ފާފައެއް ނުކުރާކަމަށް" ބުނަމުން ކުރެވޭ ފާފައިން ދުރުހެލިވާންޖެހޭ! އެއީ ކޮންފާފައެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ލައިލަތުލްޤަދްރް ލިބިގަންނަން އެދޭމީހާ "ތިމާ އެއްވެސް ފާފައެއް ނުކުރާކަމަށް" ބުނަމުން ކުރެވޭ ފާފައިން ދުރުހެލިވާންޖެހޭ! އެއީ ކޮންފާފައެއްކަން އެނގޭތަ؟

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ހޭދަކުރަމުން ގެންދާއިރު ގިނަ ބައަކަށް އިތުރަށް މާގިނަ އަޅުކަންތަކެއް ނުކުރެވެއެވެ. އެހެންކަމުން ބުނެލަން އޮތީ އެއްވެސް ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

މިހެން ބުނީމާ ގިނަ ބައަކު ބުނާނީ ތިމާ އެއްވެސް ފާފައެއް ނުކުރާ ކަމަށެވެ. ތިމާ އެއްވެސް ފާފައެއް ނުކުރާ ކަމަށް ބުނަމުންވެސް ފާފަ ކުރާ ޙާލުގައެވެ. މިބުނާ ފާފައަކީ ވަޤުތު ބޭކާރުކުރުމެވެ. އެއީ ކުރެވޭ ފާފައެއްކަން ނުވެސް ވިސްނެނީއެވެ. 

މުސްލިމުންނަކީ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ބައެކެވެ. ވީމާ ކުރަންވާނީ ތިމާއަށް ފައިދާކުރާނެ ކަންކަމެވެ. ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. ތިމާއަށް ދުނިޔެއާއި އާޚިރަތުގައި ފައިދާ ނުކުރާނެ ކަންކަން ކުރުމެއް ނެތެވެ. 

ވީމާ ގޭމްކުޅުމާއި ތިމާއަށް ފައިދާ ނުކުރާނެ ކަންކަން ކުރަން ސޯޝަލްމީޑިއާގައި ވަޤުތު ހޭދަކުރުމުން އެކަންވާނީ ވަޤުތު އިޝްރާފްކުރުމަށެވެ. އެއީ ކުރެވޭ ފާފައެކެވެ. އެއްވެސް އިރެއްގައި ވަޤުތު އިޝްރާފް ނުކުރާށެވެ! ޚާއްޞަކޮށް މިފަދަ މަތިވެރި ރޭތަކުގައި އެކަމަށް ސަމާލުކަން އިތުރުކުޜާށެވެ! 

އަދިވެސް ބުނެލާނަމެވެ. މިއީ ކުޅިވަރުކުޅުން ފަދަ ކަންކަމަށް ވަޤުތު ނަގާލަން އޮތް ރޭތަކެއް ނޫނެވެ. މި 10 ރޭ ހެޔޮ ޢަމަލުކުރަން ޚާއްޞަކުރާށެވެ! ނޫންނަމަ އެމީހަކީ ލައިލަތުލްޤަދްރްވިލޭރޭގެ މަތިވެރިކަން ޙާޞިލްކުރަން މަސައްކަތްކުރާ މީހަކަށް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ ރަމަޟާން މަހު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ދެއްވަވާ އަޅުންގެތެރޭގައި ހިމެނެން މަސައްކަތްކުރާ މީހަކަށްވެސް ނުވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން