ޤުރުއާން ކިޔެވުމަށް ލޯބިކުރަންވާނެ 3 ކަމެއް: އައްޝައިޚް މިޝަރީ އައްޚަރާޒް

ކިޔުމަށް ހޭދަވާނީ 1މ 38ސ
ޤުރުއާން ކިޔެވުމަށް ލޯބިކުރަންވާނެ 3 ކަމެއް: އައްޝައިޚް މިޝަރީ އައްޚަރާޒް

ޢާއިޝަތު ރަފާޙް ޢަލީ

 

ޤުރުއާން ކިޔެވުމަށް ލޯބިކުރަންވާނެ ތިން ކަމެއްވެއެވެ. 

އޭގެތެރެއިން ފުރަތަމަ ކަމަކީ ކީރިތި ޤުރްއާން އަސްލު ތިބާދެކެ ލޯބިވާކަން އެނގުމެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުން ޤިޔާމަތް ދުވަހު އަނިޔާލިބުމަށް ނޭދެއެވެ. އަދި ތިބާގެ ދިފާޢުގައިވެސް ކީރިތި ޤުރްއާން އާދެއެވެ.  

ދެން ކީރިތި ޤުރްއާން ދެކެ އަހަރުމެން ލޯބި ނުވާންވީ ކީއްވެ ހެއްޔެވެ؟ 

ރަސޫލު ﷲ ޞައްލަ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه

މާނައީ: ތިޔަބައިމީހުން ކީރިތި ގުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ (އެބަހީ: އެގުރްއާނުން) އަހުލުވެރިންނަށް، ގިޔާމަތް ދުވަހު (ގުރްއާން) ޝަފާޢަތްތެރިވާނެއެވެ."

އަދި ފުރާނަތައް އަބަދުވެސް ފަޅައިގެން ދެއެވެ. ދިފާޢުކޮށް ޙިމާޔަތްކުރާ މީހާގެ ލޯތްބަށްޓަކައެވެ. 

ކީރިތި ޤުރްއާން ދެކެ ލޯބިވާންޖެހޭ ދެވަނަ ސަބަބަކީ ކީރިތި ޤުރްއާން ކިޔެވުމުން ތިމާއަށް ލިބޭނެ ޘަވާބާ މެދު ވިސްނައި ފިކުރުކުރުމެވެ. 

ކޮންމެ އަކުރަކަށް ހެޔޮކަމެއް ލިބެއެވެ. އަދި ކޮންމެ ހެޔޮޢަމަލަކީ ދިހަ ގުނަ ފަދައެވެ. 

ތިޔަބައިމީހުން ޤުރުއާން ކިޔެވުމަށް ލޯބިކުރާ ތިންވަނަ ސަބަބަށްޓަކައި ކީރިތި ޤުރްއާނަށް ތިޔަބައިމީހުން ސަމާލުކަން ދޭށެވެ. އެއީ ތަދައްބުރު ކުރުމެވެ.

ކީރިތި ޤުރްއާނާ މެދު ތަދައްބުރުކުރުން، ވިސްނާ ފިކުރު ކުރުމާއި ބިރުވެތިވުމެވެ. 

ތަދައްބުރުކުރާނީ ކިހިނެއް ހެއްޔެވެ؟

ތިބާއަށް އިޙްސާސްކުރެވޭނީ ވާހަކަދައްކަނީ ތިބާ އާއި ކަމަށެވެ. އެހެނީ الله ތަޢާލާ އެކަލާނގެ މެސެޖުގައި (ވަޙީބަސްފުޅުގައި) ތިޔަބައިމީހުންނަށް އަންގަވާފައިވާ ބަސްފުޅުތަކާމެދު ތިޔަބައިމީހުން ހަނދުމަކުރުމަށް ލޯބިވެވޮޑިގަންނަވައެވެ. 

އެކަލާނގެއަށް ފިކުރު ކުރުމުގައި ވަގުތު ހޭދަކުރާނަމަ އެކަލާނގެ ލޯބިވޮޑިގަންނަވައެވެ.

 

މިއަދު އޮންލައިން