މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ސުވާލު:
ރޯދަވީއްލާއިރު ގިނައިން ކެއުމަކީ ކޮންކަހަލަ ކަމެއްތަ؟
އެހީ:
ރޯދަވީއްލާއިރު ގިނައިން ކެއުމަކީ ހުރިހާ ގޮތަކުންވެސް ގެއްލުން ހުރި ކަމެކެވެ. ފުރަތަމަ ކަމަކީ ކުރަންހުރި ނަމާދުތައް (މަޣްރިބް، ޢިޝާ، ތަރާވީޙް) ކުރަން އުނދަގޫވާނެ ކަމެވެ. ދެވަނަ ކަމަކީ ޞިއްޙީ ގޮތުން ބެލިނަމަވެސް މުޅި ދުވާލު ނުކައި ހުރެފައި ކުއްލިއަކަށް ބަނޑުފުރައިލުމަކީ ޞިއްޙީ ގޮތުންވެސް ގެއްލުންހުރި ކަމެކެވެ.
ވީމާ ރޯދަ ވީއްލުން ވީހާ ލުއި ކުރައްވައި ނަމާދުތަކަށް ސަމާލުކަން ދެއްވާށެވެ! ދެނަމާދުދޭތެރޭގައިވެސް ޤުރްއާނުން މިންވަރެއް ކިޔަވާލައި ދުޢާކުރުމުގައި ވަޤުތު ހޭދަކުރާށެވެ! ހުރިހާ ގޮތަކުންވެސް އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.