ރިޒުޤަށް އެދުމަށްވުރެވެސް މުހިންމީ ދެއްވެވި ރިޒުޤްގައި ބަރަކާތް ލެއްވެވުން! ކާން ފެށުމުގެ ކުރިން ޢާއިލާގެ އެންމެންވެސް މިފަދައިން ދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރިޒުޤަށް އެދުމަށްވުރެވެސް މުހިންމީ ދެއްވެވި ރިޒުޤްގައި ބަރަކާތް ލެއްވެވުން! ކާން ފެށުމުގެ ކުރިން ޢާއިލާގެ އެންމެންވެސް މިފަދައިން ދުޢާކުރައްވާ!

ރިޒުޤް ލިބުން ދަތިވާނަމަ ރިޒުޤް ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރަމުއެވެ. ހަމައެފަދައިން ރިޒުޤް ލިބުން މަދުވެއްޖެނަމަ އިތުރުކޮށްދެއްވެވުން އެދިގެންވެސް ގިނަގިނައިން ދުޢާކުރަމުއެވެ. ނަމަވެސް ރިޒުޤް ދެއްވެވުމުން ﷲ ތަޢާލާއަށް ޙަމްދުކުރަން ހަނދާނެއް ނުހުރެއެވެ. ދެއްވެވި ރިޒުޤްގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރަންވެސް ހަނދާނެއް ނުހުރެއެވެ. މިހެން މިބުނަނީ އެކަންކަން ހަނދާންކުރަނީ ވަރަށް މަދު މީހަކު ކަމަށްވާތީއެވެ. 

ކާން ފެށުމުގެ ކުރިން މިފަދައިން ދުޢާކުރާށެވެ! އެއިރު ކާމޭޒުދޮށުގައި ތިބި އެންމެންވެސް މިފަދައިން ދުޢާކުރާށެވެ!

اللَّهُمَّ بَارِكْ لَنَا فِيمَا رَزَقْتَنَا وَقِنَا عَذَابَ النَّارِ

“O Allah! Bless us in what You have provided us with and protect us from the punishment of the Fire.” 

ދުޢާގައި އެކުލެވިގެންވާ މނައީ: " ޔާ ﷲ! އަޅަމެންނަށް އިނބަ ﷲ ދެއްވެވި ރިޒުޤްގައި ބަރަކާތް ލައްވަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ!" 

ވިސްނަންވީ ދެއްވެވި ރިޒުޤްގެ ގިނަ މަދުމިނަކަށް ނޫނެވެ. އަދި ފެންވަރަކަށްވެސް ނޫނެވެ. ރިޒުޤް ދެއްވެވި ކަމާއިމެދުގައެވެ. ދެއްވެވި ރިޒުޤަށް ޝުކުރުވެރިވެ ރިޒުޤް ދެއްވެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކުރުމަކީ ދެއްވަވާ ރިޒުޤް އިތުރުކޮސްދެއްވަވާނެ ކަމެކެވެ. ބަރަކާތް ލައްވަވާނެވެސް ކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން