ހަނދުމަކޮށްދިނުމެއް!: ނަމާދުކުރުމާބެހޭ ގޮތުން އެނގުން މުހިންމު 3 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުކުރުމާބެހޭ ގޮތުން އެނގުން މުހިންމު 3 ކަމެއް-

އައްތަހިޔާތުކިޔާއިރު ޝަހާދައި އިނގިލި ހަރަކާތް ކުރުމަކީ ކޮނަކަހަލަ ކަމެއް؟ ތަފުސީލު ހަދީޘުން ޘާބިތުވާގޮތަށް -     

ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ފަހެ ހަމަ ކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައި ވަސައްލަމްގެ ފަރާތުން ވާއިލް ބިން ޙަޖަރު ރިވާކުރެއްވި ޙަދީޘަކުން ޝަހާދަތް އިނގިލި ޙަރަކާތް ކުރުން ޘާބިތުވެއެވެ.

ޙަދީޘުގައިވެއެވެ.

((ثم قبض ثنتينمن أصابعه وحلق حلقة ثم رفع إصبعه فرأيته يحركها يدعو بها.)) 

މާނައަކީ؛ "ދެން އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމްދެ އިނގިލި ލައްޕަވްއިލައްވައިއަދި ވަށްބުރަކަށް ވަ ގޮތަށް ހައްދަވައިޝަހާދަތްއިނގިލި  އުފުލަވައެވެ. އަދި ޝަހާދަތް އިނގިލި ޙަރަކާތްކުރައްވަވާ ދުޢާ ކުރައްވަނިކޮށްވެސް ތިމަންނަ ދުށީމެވެ."

= أخرجهأحمد وأبو داودوغيرهما = 

މި ޙަދީޘުގެ އަލީގައި ފުރަތަމަ އައްތަޙިއްޔާތުގައާއި ދެވަނަ އެއްތަޙިއްޔާތުގައި ޝަހާދަތް އިނގިލިން އިޝާރާތް ކުރެއްވުން ޢިލްމުވެރިން ދަލީލުނަންގަވައެވެ. 

އިބުނުލަޤައްޔިމް ޒާދުލް މަޢާދުގައި ދެ އައްތަޙިއްޔާތުގައިވެސް ޢަމަލު ކުރަން ޖެހެނީ މިގޮތަށްކަމަށް ބަޔާންކުރައްވާފައިވެއެވެ. " އައްތއޙިއްޔާތަށް އިށީންނަވާ ކަނާތުފައިގެ ފަލަ މަސްގަނޑުމަތީ ކަނާތް ބާއްވައި ޝަހާދަތް އިނގިލި ފިޔަވައި އެހެން އިނގިލިތައް ލައްޕަވައެވެ." والله أعلم 

http://www.mvislamqa.com/beta/views.asp?questionID=172 

ހަރާމް ބަންނަ ގޮތަކީ ކޮބާ އަދި ކޮންތާކު؟ ހަދީޘުން؟ 

ޖަވާބު: ހަށަންބަނުމުގައި އެންމެ ރަގަޅުގޮތަކީ މޭމަތީގައި ހަށަންބަނުމެވެ. ދަލީލުތަކުން ބޮޑަށް ބާރުލިބެނީ އެގޮތަށެވެ. ފޫޅުން މަތީ މޭކަށިގަޑާ ދެމެދުގައި ހަށަންބަނުމަށްވެސް ރިވާޔަތްތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް އެންމެ ވަރުގަދަކޮށް ދަލީލު ލިބެންއޮތީ މޭމަތީ ބަނުމަށެވެ. އެއީ އިބްނުޚުޒައިމާ ވާއިލްބިން ޙިޖްރު ރަޟިޔަﷲ ޢަންހުގެ ފަރާތުން ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘްފުޅުން ދަލީލު ލިބޭގޮތެވެ.والله أعلم 

މައިބަދަ އޮޕަރޭސަންކުރުމުގެ ސަބަބުން ޑޮކްޓަރުވަނީ އެއްވެސްވަރަކަށް ގުދުވުން މަނާކޮށްފައެވެ.  އެހެންކަމުން ދެން އެންމެސައްހަކަންބޮޑު ގޮތެއްގައި ނަމާދުކުރެވޭނެގޮތަކީ ކޮބާ؟  

ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ބައްޔެއްގެ ސަބަބުން ގުދުނުވެވޭ ކަމަށް ވަނީނަމަ އިޝާރާތުން ނަމާދު ކުރާނީއެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން