ދޮގު ގިނަވެ ދޮގާ ތެދު އޮޅިއްޖެ! މިއީ ނުރައްކާތެރި ޙާލަތެއް!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ދޮގު ގިނަވެ ދޮގާ ތެދު އޮޅިއްޖެ! މިއީ ނުރައްކާތެރި ޙާލަތެއް!: ޑރ. ޢަލީ ޒާހިރު

ބޭފުޅުންނޭ ދޮގު އެއީ އާއްމުވެ ފެތުރޭނެ ކަމެއް ޤިޔާމަތުގެ ކުރީގަ. މިހާރު އަޅުގަނޑުމެން މިޒަމާނަށް ބަލައިލައިފި ކަމަށް ވަނީނަމަ ދޮގު އެއީ އެންމެ ފަސޭހައިން ހަދާ އެތި. ކޮންމެ މީހަކު އެމީހާ ބޭނުން ކޮންމެ ކަމެއް ކުރުމަށްޓަކައި ދޮގު ހަދަނީ. ދޮގު ވާހަކަތައް ދައްކަނީ. އެމީހާ އިދިކޮޅު މީހެއްގެ އަގު ވައްޓާލަން ބޭނުމިއްޔާ އެމީހާގެ ބޮލުގަ ދޮގު އިލްޒާމެއް އަޅުވާފަ ދޮގު ހަދަނީ. ލޮބުވެތި ޢިއްޒަތްތެރި އަޚުންނޭ، މީ ވަރަށް ނުރައްކާތެރި ކަމެއް. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ --- " ދޮގު، ތިޔަބައިމީހުން ދޮގުން ރައްކާތެރިވާށެވެ. ދޮގު ހެދުމުން ރައްކާތެރިވާށެވެ. ދޮގަކީ ނުބައިކަންކަމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. ނުބައި ކަންކަމަކީ ނަރަކައަށް މަގުފަހި ކޮށްދޭ ކަމެކެވެ." 

އެހެންމަ އާޚިރުގަ ދޮގު މަގުފަހި ކޮށްދިނީ ކޯންޗަކަށް ބޭފުޅުންނޭ؟ ނަރަކައަށް ގެންދާ އެއްޗެއް، ދޮގަކީ ނަރަކައަށް ގެންދާ އެއްޗެއް. އެކަމަކު މިއަދު މިޒަމާނުގައި އަޅުގަނޑުމެން އަމިއްލަ މަންފާތަކަށް އަމިއްލަ ބޭނުންތަކަށް ދޮގު ހަދަމުން ހަދަމުން ހަދަމުން، އަނެއްކާ ދައްކާ ވާހަކައިގަ އޭނާ ކުރާ ކަންކަމުގަވެސް ހުސް ދޮގު ބައެއް މީހުން. އެމީހުންނަށް ތެދެއް ނުވެސް ހަދަނީ. ދޮގެއް ހެދެން އޮއްވަ ދޮގެއް ނޫނީ ނުހަދާނެ. ދެން އެހެން އެއްވެސް ގޮތެއް ނެތުނީމަ ކަންނޭންގެ ތެދެއް ހަދަނީ. ބައެއް މީހުން އެމީހުންގެ އާދައަކަށް ވެފަ ހުންނަނީ ދޮގު ވާހަކަތައް ފެތުރުމާއި ދޮގު ހެދުމާއި. އަނެއްކަ ދޮގު ފެތުރުން މީ އިންތިހާއަށް ނުރައްކާތެރިކަމެއް.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ --- " ދޮގަކަށް ފުދެއޭ އެމީހާއަށް އަޑުއިވޭ ކޮންމެ ވާހަކައެއް ފެތުރުން." ކިހާ ވާހަކައެއްތޯ އަޅުގަނޑުމެންގެ މުޖުތަމައު ތެރޭގަ މީހުން ފަތުރާލަނީ އޭގެ ތެދެއް ދޮގެއް ނުބަލާ. އެއްވެސް ތެދެއް ދޮގެއް ބަލާކަށް ބޭނުމެއްވެސް ނޫން ބައެއް މީހުންނެއް. އެއީ ތިމަންނާޔާ ހިތްހަމަ ނުޖެހޭ މީހެއްތަ. ތިމާގެ ވިސްނުމާ ފިކުރާއި ދެކޮޅު މީހެއްތަ. އެހެންވެއްޖެއްޔާ ފަތުރަންވީ، އެހެންވެއްޖެއްޔާ އާއްމުކުރަންވީ. އެހެންމަ މީ އަޅުގަނޑުމެންގެ ތެރޭގަ ބައެއް މީހުންގެ އާއްމު އުޅުން ހުރި ގޮތް. މީ ވަރަށް، އަނެއްކާ ދޮގު ހަދަމުން ހަދަމުން ބައެއް ފަލްސަފާ ތަކުގަ ބައެއް މީހުންގެ ވިސްނުމުގަ ދޮގު ހަދަމުން ހަދަމުން ގޮސް ދެން އޭތި ތެދަށް ބަދަލުވަނީ. ދެން މީތި ޤަބޫލުކުރަން ފަށާނެ އެއީ ތެދެކެވެ. އެ ހިސާބަށް އެބަ ގެންދޭ. ދޮގު ހަދަނީ ހަދަނީ، ގޮސް އާއްމު މީހުންނަށް އެއީ ދޮގެއްނޫން ހެން ހީވާވަރަށް.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

މިއަދު އޮންލައިން