އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް: ރައީސް ޑރ.މުޢިއްޒު

އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ކަމަށްވާއިރު، މި ދުވަހާ ގުޅުވައިގެން ރައީސް މުޢިއްޒު ވަނީ ޚާއްސަ މެސެޖެއް ދެއްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މުޖުތަމަޢުގެ ޚާއްޞަ އަޅާލުމާއި ލޯބި ބޭނުންވާ ކޮންމެ ކުއްޖަކާއި އާއިލާއަކަށް އެހީތެރިވުމުގައި ސަރުކާރާއި ރައްޔިތުން މަސައްކަތް ކުރާނީ އަތުގުޅާލައިގެންނެވެ.

"އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އެހީތެރިވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި އަހަރުގެ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކީ "އިމްޕްރޫވް އަވަރ ސަޕޯޓް ސިސްޓަމް" އެވެ. މި ޝިޢާރުގެ މަޤްޞަދަކީ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ދެވޭ އެހީތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ.

މިއަދު އޮންލައިން