ހިތް ފަސާދަވާކަމަށް އިމާމް ޙަސަން އަލް ބަސްރީ ބަޔާންކުރައްވަވާފައިވާ 6 ކަމެއް! ހިތް ފަސާދަވުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހިތް ފަސާދަވާކަމަށް އިމާމް ޙަސަން އަލް ބަސްރީ ބަޔާންކުރައްވަވާފައިވާ 6 ކަމެއް! ހިތް ފަސާދަވުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ!

އިންސާނާއަށް އެންމެ މުހިންކަން ބޮޑުވެގެންވަނީ އޭނާގެ ހިތުގެ ޠޯހިރުކަމެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބިގެންވާނީ ޠޯހިރު ހިތަކާއިގެން ﷲ ތައާލާގެ ޙަޟްރަތަށް ދެވުނު މީހަކަށްކަން ކީރިރި ޤުރްއާނުން އެނގެން އޮތުމުންނެވެ.

އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން މަސައްކަތްކުރަންވީ ހިތް ޠޯހިރުކުރުމަށެވެ. ފަސާދައިން ހިތް ސަލާމަތްކުރުމަށެވެ. ވީމާ ތިމާގެ ހިތަކީ ފަސާދައިން ސަލާމަތްވެފައިވާ ޠޯހިރު ހިތަކަށް ހަދަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

ހިތް ފަސާދަވާ ބައެއް ސަބަބުތައް ކަމުގައި އިމާމް ޙަސން އަލް ބަސްރީ ބަޔާންކުރައްވަވާފައިވާ 6 ކަމެއް ފާހަގަކޮށްލާނަމެވެ. 

 1 ފާފަކުރެވުމުން ތައުބާނުވުން،

 2 ޢިލްމު ލިބި ޢަމަލުނުކުރުމާ،

 3 އަޅުކަންކުރާއިރު ތަޤްވާވެރިނުވުމާ،

 4 ﷲ ދެއްވެވި ރިޒްޤް ކަމުން ޝުކުރުވެރިނުމާ،

 5 ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިނުވުމާ،

 6 ޖަނާޒާތަކުން ޢިބްރަތް ޙާޞިލުނުކުރެވުން ހިމެނެއެވެ

(ޙަސަން އަލް ބަސްރީ)  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން