ހަނދުމަކޮށްދިނުމެއް!: އަލަށް ކައިވެނިކުރާ ދެމަފިރިން ފުރަތަމަރޭ ކުރާ ސުންނަތް ވެގެންވާ ކަންކަމާއި ކުރަންވީ ދުޢާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ހަނދުމަކޮށްދިނުމެއް!: އަލަށް ކައިވެނިކުރާ ދެމަފިރިން ފުރަތަމަރޭ ކުރާ ސުންނަތް ވެގެންވާ ކަންކަމާއި ކުރަންވީ ދުޢާތައް-

ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އަލަށް ކައިވެނިކުރާ ދެމަފިރިން ފުރަތަމަރޭ ކުރާސުންނަތް ވެގެންވާ ކަންކަމާއި ކުރަންވީ ދުޢާތަކެވެ. ސުންނަތުގައިވާ ފަދައިން ޢަމަލުކުރުމަކީ ދެމްފިރިންގެ ގުޅުމުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ. އިން ޝާ ﷲ   

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ކައިވެނީގެ ފުރަތަމަރޭ ކަންތައް ކުރަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.  

1. އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާ ވާ ކަހަލަރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސްއެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ގަހަނާއެއް ނުވަތައަނބިމީހާ ލޯބިކުރާ އަގުހުރި އެއްޗެކެވެ. 

2. ހަމަ އެވަގުތު ކިރުނުވަތަ އެފަދަ މީރު ބުއިމެއް ދިނުން، ފުރަތަމަ އަމިއްލަޔަށް އެއިން ބައެއްބުއިމަށްފަހު އަނެއްބައި އަންހެނުންނަށް ދޭނީއެވެ.   

3. ދެން ބިސްމިﷲ ކިޔައި، ތިބާގެ ކަނާއަތް އަނބިމީހާގެ ނިތްކުރިއާ ދިމާއިން ބޮލުގައިބާއްވައި ނުވަތަ ނިތްކުރީގެ އިސްތަށިކޮޅުގައި ހިފަހައްޓައި ބަރަކާތަށް އެދިމިފަދައިން ދުއާކުރާނީއެވެ.  

" اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنٍ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ 

"މާނައީ: 'އޭ ﷲ, މީނާގެ ހެޔޮކަމާއި, އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުންއެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ'. 

4- ދެންދެމަފިރިން އެކުގައި، ފިރިމީހާގެ ފަހަތުގައި އަނބިމީހާ ހުރެގެން ދެރަކުއަތްނަމާދެއް ކުރާނީއެވެ. (ސުންނަތް ނަމާދެއް ކުރަމޭ ހިތަށް އެރުވުމުން ނިޔަތަކަށް ފުދޭނެއެވެ.) އެއަށް ފަހުގައި ދެމީހުންވެސް ދެމީހުންގެދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައިއުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުއާކުރާނީއެވެ. 

5- އެއްދާން ވުމުގެ ކުރީގައި އަންނަނިވި ދުއާ ކިޔުމަކީ ކޮންމެހެން ހަނދާންބަހައްޓަން ޖެހޭ ކަމެކެވެ. 

" بِسْمِ اللهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا "މާނައީ: "އޭ ﷲ, އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވައި، އަދި އިބަރަސްކަލާނގެއަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދެއްވާންދޭވެ." އެ ވަގުތުގައި ﷲ ތަޢާލާ އެދެމީހުނަށް ދަރިޔަކުދެއްވުމަށް އިރާދަކުރައްވާފިނަމަ ޝައިޠާނާއަކަށް އެކުއްޖާއަށް އެއްވެސްގެއްލުމެއް ނުދެވޭނެއެވެ. 

6- ދެމަފިރިންނަކީ އެކަކު އަނެކަކުގެލިބާހެވެ. ދެމީހުން އެކުގައި ވާ ހިނދު ލިބާސް ލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން އިސްލަމީ އަޚްލާގާއި މެދުގައި ޚިޔާލުބެހެއްޓުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. ޖިމާޢުވާން ފެށުމުގެ ކުރިންދެމީހުންނަށް ރަނގަޅަށް ތައްޔާރު ވެވޭފަދަ ލޯބީގެ ރަނގަޅު މުގައްދިމާއަކުންފެށުމަކީ އިތުރު އެކަލޭގެފާނުންގެ ހަދްޔެކެވެ. 

7 ދެމަފިރިންވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ، ރީތިވުމަކީ މަޝްރޫޢުވެގެންވަ ރަނގަޅު ކަމެކެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން