ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެންނަށް އިސްތިޣްފާރްކުރުމުން ލިބެނީ ކޮން އެއްޗެއްހެއްޔެވެ. ކޮންމެ ފަހަރަކު އަޅުގަނޑުމެން سبحان الله (ސުބްހާނަﷲ) الحمدلله (އަލްޙަމްދުلله) لا اله الا الله، الله أكبر ކިޔާއިރު އަޅުގަނޑުމެން ﷲ ސުބްޙާނަހޫ ވަތަޢާލާ މަތީން ހަނދުމަކުރަމެވެ.
ތިބާއަށް އެނގޭނެއެވެ. الحمدلله ކިޔާފިނަމަ ޞުލްޙައާއި އަމާންކަމާއި ހަމަޖެހުން ލިބިގެންދާކަމެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ އަބަދުވެސް ތިބާ އާއެކުވާކަމެވެ. އަދި ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާކަން ވެސް ތިބާއަށް އެނގެއެވެ.
ތިބާއަށް އެނގެއެވެ. ތިބާ ގިނަގިނައިން މިފަދައިން ޒިކުރުތައް ކިޔާނަމަ އަދި الحمدلله ކިޔާނަމަ ތިބާގެ ނަފްސަށް ހިތްހަމަޖެހުން ލިބިގެންދެއެވެ.
މާތް الله ސުބްޙާނަހޫ ވަތަޢާލާގެ މަތީން ހަނދާން ކުރުމުގެ ރީތިކަމާއި މަތިވެރިކަމުގެ ވާހަކަ މިހާރު އަޅުގަނޑަށް ވިސްނެއެވެ.
އަދި ތިބާ ކޮންމެ ފަހަރަކު سبحان الله ކިޔުމުން ﷲ ތަޢާލާ ސުވަރުގޭގައި ގަހެއް އިންދަވައެވެ.
އަދި ތިބާ ކޮންމެ ފަހަރަކު الحمدلله ކިޔުމުން ﷲ ތަޢާލާ ސުވަރުގޭގައި ގަހެއް އިންދަވައެވެ.
އަދި ތިބާ ކޮންމެ ފަހަރަކު لا اله الا الله، ކިޔުމުން ﷲ ތަޢާލާ ސުވަރުގޭގައި ގަހެއް އިންދަވައެވެ. ގަސް މިމާނަކުރަނީ ސުވަރުގެއިން ބޭނުންވަރަކަށް މޭވާ ލިބުމުގެ ވަސީލަތަށެވެ.
ދެން އިސްތިޣްފާރް ކުރުމާ މެދު ބަލާލަމާ ހިނގާށެވެ.
އިސްތިޣްފާރް ކުރުމުން އަޅުގަނޑުމެންނަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟
އަޅުގަނޑުމެންނަށް ބައިވަރު ކަންތައްތަކެއް ލިބެއެވެ.
ބައިވަރު ވަރަށް ރީތި ކަންތައްތަކެކެވެ. އެހުރިހާ ކަމެއް ވެސް ކީރިތި ޤުރްއާނުގައިވެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަންފާލް ސޫރަތުގެ 33 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴿٣٣﴾
މާނައީ: "އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. (33)"
އިސްތިޣުފާރުމުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ އެއްކަމަކީ الله ސުބްޙާނަހޫ ވަތަލާގެ ޢަޛާބެވެ.
އަދިވެސް ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾
މާނައީ: ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10)
އެންމެ ފުރަތަމަ ކަމަކަށް (ٱسْتَغْفِرُوا۟) ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން އެދި ވަޑައިގަންނަވާށެވެ! ﷲ ތަޢާލާ ތިޔަބައިމީހުންގެ ފާފަ ފުއްސަވާނެއެވެ. ފަހެ، އެކަލާނގެ ތިޔަބައިމީހުންގެ ފާފަފުއްސަވައިފިނަމަ،ތިޔަބައިމީހުންނަށް ދެއްވަނީ ކޮން އެއްޗެއް ހެއްޔެވެ؟
يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾ (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11)
ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ވާރޭ އަކީ ރަނގަޅު ހެޔޮ އަލާމާތެކެވެ.
وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾
އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"
އަދި އެކަލާނގެ ތިޔަބައިމީހުންނަށް މުދަލާއި، ދަރިން ދެއްވާނެތެވެ. މާނައަކީ އެކަލާނގެ ތިޔަބައިމީހުންގެ މުދަލާއި، ދަރިންގެ މައްޗަށް ބަރަކާތް ލައްވަވައި، ތިޔަބައިމީހުންނަށް މުއްސަނދިކަން ދެއްވާނެތެވެ. އެއީ އިސްތިޣްފާރް ކުރުމުގެ ސަބަބުންނެވެ.
އަދި އަހަންނަށް އެނގޭ އުމުރުން 70 އަހަރުން މަތީގެ ބައެއް މީހުން މިގޮތައް ކަންތައް ކުރިއެވެ. އިސްތިޣާފާރާއެކު މާތް الله އެއުރެންނަށް ދަރިން ދެއްވެވިއެވެ.
އެހެން ޑޮކްޓަރުން އެމީހުންނަށް ދަރީން ނުލިބޭނެކަމަށް ނިންމާފައިވަނިކޮށް، الله ތަޢާލާ ތިޔަބައިމީހުންނަށް ދަރިން ލިބިދާނެކަމަށް ނިންމަވާ އެކަން ހިންމަވާދެއްވިއެވެ.