ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރޯދަވެރިއަކަށް ރުފިޔާ ދީފިނަމަ އޭނާއަށް ރޯދަވީއްލަން ދިންކަމަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރޯދަވެރިއަކަށް ރުފިޔާ ދީފިނަމަ އޭނާއަށް ރޯދަވީއްލަން ދިންކަމަށްވާނެތަ؟

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.   

މިއަދުގެ ސުވާލު:

ރޯދަވެރިއަކަށް ރުފިޔާ ދީފިނަމަ އޭނާއަށް ރޯދަވީއްލަން ދިންކަމަށްވާނެތަ؟  

އެހީ:

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މީހަކަށް ރޯދަވީއްލުން ދިނުމަށް ނިޔަތްގަނެގެން ރުފިޔާ (ފައިސާ) ދިން ނަމަވެސް އެކަންވާނީ ރޯދަވީއްލުން ދިން ކަމަށެވެ.  

ދެން އުފެދޭނެ ސުވާލަކީ ދޭންވީ ކިހައިވަރެއްތޯއެވެ؟ ޖަވާބަކީ ނިކަމެތި މީހާ އޭނާގެ ޙާލަތު ހުރިވަރުން ކިތަންމެ ކުޑަ އެތިކޮޅެއް ނަމަވެސް ދޭށެވެ! ދެން އޮތްބައި ﷲ އަށް ވަކީލްކުރާށެވެ!  ތަނަވަސްކަން ހުރިނަމަ އޭނާއަށް އާދައިގެ ފެންވަރަކަށް އެއްފަހަރު ކެވޭނެ ވަރަށް ދޭށެވެ. ކާޑާއި ކާބޯތަކެތިންވެސް ދެވޭނެއެވެ.  

ޢިލްމްވެރިން ވިދާޅުވަނީ ތަނަވަސްކަން ހުރިނަމ މިޘާލަކަށް ހަމައެކަނި ހަނޑޫ ދިނުމުގެ ބަދަލުގައި ލައިގެންކާނެ އެއްޗެއްވެސް ތައްޔާރުކޮށްލެވޭނެ ވަރަށް ދިނުމަށެވެ. ފައިސާއިން ދިން ނަމަވެސް އެނިޞްބަތުން ބަލައިގެން ދިނުމަށެވެ.  

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

މިއަދު އޮންލައިން