ނަމާދަށް އަރަން އުޅެނިކޮށް ޤަޟާ ޙާޖަތްކުރަންޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތާމެދު އުފެދޭ 3 ސުވާލުގެ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ނަމާދަށް އަރަން އުޅެނިކޮށް ޤަޟާ ޙާޖަތްކުރަންޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތާމެދު އުފެދޭ 3 ސުވާލުގެ ޖަވާބު-

އަޅުގަނޑަކީ ނަމާދު ވަޤުތުވުމުން ވީހާއަވަހަކަށް ނަމާދުކުރަން ބޭނުންވާ މީހަކީމެވެ. ދިމާވި ގޮތަކީ ނަމާދަށް އަރަން ތައްޔާރުވިތަނާ ފާޚާނާއަށް ދާން ބޭނުންވީއެވެ. ނަމަވެސް ނަމާދު ލަސްކުރަން ބޭނުންނުވާތީ ހިފަހައްޓާލައިގެންހުރެ ނަމާދުކުރީއެވެ. ނަމާދު ނިމި ސަލާމް ދިންތަނާ ކެތް ނުކުރެވިގެން ފާޚާނާ ކުރަންޖެހުނެވެ.  

މިޙާލަތުގައި:

1. ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ ފާޚާނާކޮށް ވުޟޫކޮށްގެން ނަމާދުކުރުންތޯއެވެ؟

– ޖަވާބު: ފާޚާނާ ކޮށްގެން ނަމާދު ކުރުން. 

2. ޛިކުރުތައް ނުކިޔެނީސް ފާޚާނާކުރަން ޖެހުނީމާ ފާޚާނާކޮށް ވުޟޫކޮށްގެން ޛިކުރުތައް ކިޔަސް ރަނގަޅުވާނެތޯއެވެ؟

- ޖަވާބު: ރަގަޅު ވާނެ

3 ނޫންނަމަ ޖެހޭނީ އަލުން އެނަމާދުކޮށްގެން ޛިކުރުތައް ކިޔަންތޯއެވެ؟

- ޖަވާބު: އަލުން ކުރާކަށް ނުޖެހޭނެ! 

 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން