ހަނދުމަކޮށްދިނުމެއް!: ސުވަރުގެ އެދިގެން ކުރެވިދާނެ ފަންސަވީސްކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަނދުމަކޮށްދިނުމެއް!: ސުވަރުގެ އެދިގެން ކުރެވިދާނެ ފަންސަވީސްކަމެއް-

ރޯދަ މަސް ފެށި ފަހުދިހަވެސް ފެށިގެންދާއިރު ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާނީ ތިމާއަށް ސުވަރުގެ ދެއްވަވާނެ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރާށެވެ! އެހެންވެ މިގެނެސްދެނީ ސުވަރުގެ އެދިގެން ކުރެވިދާނެ ފަންސަވީސް ކަމެކެވެ.

 1 އިސްލާމް ދީނުގެ ރުކުންތަކަށް ރައްކާތެރިވުން.
2 ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ކުރުމަށް އެންގެވި ކޮންމެ ކަމެއް ކުރުން
3 ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެކަމަކާ ދުރުހެލިވުމަށް އެންގެވި ކޮންމެ ކަމަކުން ދުރުހެލިވުން
4 މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ކޮލުދަތްތަކުން ހިފުން
5 ތެދުވެރިކަން.
6 ގެ މަގުގައި ހޭދަކުރުން.
7 ސަލާމްކުރުން ގިނަކުރުން.
8 މިސްކިތްތައް ބިނާކުރުން.
9 ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން.
10 ޔަތީމުން ބަލައިބޮޑުކުރުން.
11 ރިވެތި އަޚުލާޤު.
12 ފަތިސް ނަމާދާއި ޢަޞުރު ނަމާދަށް ރައްކާތެރިވުން.
13 ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން.
14 ފަރުޟު ނަމާދުތަކަށް، ޖަމާޢަތަށް މިސްކިތަށް ދިއުން.
15 މީހުންނަށް އުދަގުވާގޮތަށް މަގުމަތީގައި ހުންނަ އެއްޗިހި އެއްކައިރި ކުރުން.
16 ބަލިމީހުންނަށް ޒިޔާރަތް ކުރުން.
17 ރުޅި އަންނަހިނދު، އެރުޅި މައިތިރި ކުރުން.
18 މީސްތަކުންނަށް މާފުކުރުން.
19 އަމާނާތްތެރިވުން.
20 ދުލާއި ލަދުވެތި ގުނަވަނަށް ރައްކާތެރިވުން.
21 ކޮންމެ ފަރުޟު ނަމާދެއްގެފަހުގައި އާޔަތުލް ކުރްސި ކިޔެވުން.
22 ސޫރަތުލް އިޚްލާޞް ކިޔެވުން ގިނަކުރުން.
23 ދަމުނަމާދުކުރުން.
24 ޙަސަދަވެރިކަމުން ދުރުހެލިވުން.
25 އަނބިމީހާ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވުން. 

-  ޝައިޚް އަޙްމަދު ނާޒިޙް

 

މި ފަންސްވީސް ކަންތަކުގެ ތެރޭގައި ނަމާދާއި ގުޅުންހުރި 4 ކަމެއވެއެވެ. އެއީ ފަތިސް ނަމާދާއި ޢަޞުރު ނަމާދަށް ރައްކާތެރިވުމާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމާއި ފަރުޟު ނަމާދުތަކަށް  ޖަމާޢަތަށް މިސްކިތަށް ދިއުމާއި އަދި ދަމުނަމާދުކުރުމެވެ. 

މިކަންކަމުގެ ތެރޭގައި ހިމެނޭ ދުލާއި ލަދުވެތި ގުނަވަނަށް ރައްކާތެރިވުމަކީ އެންމެ ގިނަ ބައަކު ސަމާލުކަން އިތތުރުކުރަންޖެހިފައިވާ 2 ކަމެކެވެ. 

ހަމަ އެންމެ ސުވާލެކެވެ. ތިބާވެސް ސުވަރުގެ ލިބުމަށް އެދޭއިރު މިކަންކަމުގެ ތެރެއިން ތިބާއަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ކިތައް ކަންތައް ހެއްޔެވެ؟ 

 

 

 

 

 

 

 

 

މިއަދު އޮންލައިން