ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާނުލާނަމަ ދެއްވަވާ ބޮޑު ބަދަލު ހިތަށްވެސް ނުގެނެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާނުލާނަމަ ދެއްވަވާ ބޮޑު ބަދަލު ހިތަށްވެސް ނުގެނެވޭނެ!: މުފްތީ މެންކް

ވަޒީފާ ގެއްލުން ނުވަތަ ކުރަމުން އައި މަސައްކަތް ފޭލްވުމުން ގިން ބައަކު މާޔޫސްވެއެވެ. އެޙާލަތުގައި ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ދެރަވުމާއި މާޔޫސްވުމާއި އެއީ ތަފާތު ދެކަމެކެވެ. ދެރަވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދެން ގޮތްހުސްވީ ކަމަށް ބަލައި މާޔޫީސްވުމަކީ މައްސަލައެކެވެ. އެއީ މުސްލިމުން ގޮސްގެންވާނެ ޙާލަތެއް ނޫނެވެ. 

އެއީ އަހުރެން ދަންނަ އެކުވެރިއެކެވެ. ވަޒީފާ ގެއްލި ވަޒީފާއެއް ނުލިބި ވަރަށް ދަތިޙާލުގައި 10 އަހަރު ހޭދަކުރަންޖެހުނެވެ. އެކަމުގެ ސަބަބުން ނުކައި ހުންނަން ޖެހުނެވެ. ދަރަނިވެރިވެސްވިއެވެ. އެކަމަކު އޭނާ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލައެވެ. 

ވަޒީފާއެއް ހޯދަން މަސައްކަތްކުރިއެވެ. ދުޢާކުރަމުން ގެންދިއައެވެ. 

އެކަމުގެ ނަތީޖާ އެނގޭހެއްޔެވެ؟ 10 އަހަރުފަހުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. ދެން ލިބުނު ނިޢުމަތްތަކުގެ ސަބަބުން މިހާރު އޭނާއަކީ މިލިއަނަރުން ފެންވަރުގެ ތަނަވަސް މީހެކެވެ. އެތައް އަހަރެއް ފަހަކުން ނޫނެވެ. ވަޒީފާ ލިބުނުތާ ހައަކަމަސްތެރޭގައެވެ. 

ބުނަން ބޭނުންމިވަނީ ކުރިމަތިކުރައްވަވާ ޙާލަތަށް ކެތްތެރިވެ ﷲ ތަޢާލާއަށް ވަކީލުކޮށް ދުޢާކުރުންމަތީގައި ހުރުމުގެ ނަތީޖާ ވަރަށް ފޮނިކަމެވެ. އަބަދުވެސް ވަރަށް ފޮނިވާނެކަމެވެ. އިން ޝާ ﷲ 

އެހެންކަމާއިއެކުވެސް އެންމެ މުހިންމު ޝަރުޠަށް ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ. އެއީ އެކަމެއް ޙާޞިލުކުރަން އެމީހަކު ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އެކަމުގައި ފަރުވާތެރިވެ އިޚްލާޞްތެރިވާންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން