ކޮންމެ ބޮޑު ކަމެއް ޖެހުނަސް ނިކަން މިކަން ތަޖުރިބާކުރައްވަބައްލަވަ!: ޑރ. އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޮންމެ ބޮޑު ކަމެއް ޖެހުނަސް ނިކަން މިކަން ތަޖުރިބާކުރައްވަބައްލަވަ!: ޑރ. އާދަމް ޝަމީމް

އަބަދުވެސް ބޮޑު ކަމެއް ޖެހިއްޖެނަމަ، މުޞީބާތެއް ދެރަކަމެއް ޖެހިއްޖެނަމަ، ކަންބޮޑުވުމެއް އޮތްނަމަ ލޮބުވެތި އަޚުންނާއި އުޚްތުން ﷲ މަތިން ހަނދުމަކޮށް އެކަލާންގެ ހަޒްރަތަށް ރުޖޫޢަވެ ނަމާދުކޮށް ރުކޫޢުކޮށް ސުޖޫދު ކުރައްވާފަ ތަޖުރިބާ ކުރައްވާ، އިންޝާﷲ ތިބާގެ ހިތް ﷲ ހުޅުވާދެއްވާނެ. އެއަށް ތަނަވަސްކަން ދެއްވާނެ. އެ މުޞީބާތުން މާތް ﷲ ތިބާގެ ދަރަޖަ މަތިވެރި ކުރައްވަވާ ތިބާ ކާމިޔާބު ކޮށްދެއްވާނެ. 

ކާމިޔާބަކީ އެއްވެސް ހާލެއްގަ ކަމެއް ނުޖެހި އުޅުމެއް ނޫން. ކާމިޔާބަކީ މާތް ﷲ ތިބާގެ ފައިތިލަ މި ދީން މަތީގަ، ނަމާދު މަތީގަ، ޒަކާތް މަތީގަ، މި ދީން މަތީގަ ފައިތިލަ ސާބިތު ކޮށްދެއްވުން. ދުނިޔޭގެ އަހުލުވެރިންގެ ކިބައިން ތިބާ ސަލާމަތް ކުރެއްވުން. އެކަލާންގެ ހަޒްރަތަށް ތިބާ އެކަނި ބަރޯސާވުން.

އެހެންނަމަވެސް އަޅުގަނޑުމެންގެ ނިކަމެތިކަމަކީ، ކަމެއް ޖެހޭއިރަށް ދެރަވެގެންގޮސް ވެއްޓެނީ. ގައިގެ ވަރުދޫވަނީ. ދެފައިގަ ކޮޅަށް ތެދުވާހާ ވަރެއް ނުހުރެ. އިންސާނާވީމަ އެހުރިހާ ނިކަމެތިކަމެއް އަންނާނެ. އެހެންނަމަވެސް ލޮބުވެތި އަޚުންނާއި އުޚްތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މާތްﷲ މި ދެއްވި އިރުޝާދާށް ޢަމަލުކުރައްވާފަ ބައްލަވާ ކިހިނެއްތޯ ވަނީ.

 

- ޑރ. އާދަމް ޝަމީމް

 

 

މިއަދު އޮންލައިން