ތިބާ އެދުމުން ތަނަވަސްކަމާއި ގެދޮރު ނުދެއްވަވައިފާނެއެވެ. އަދި ބައްޔަކުން ޝިފާވެސް ނުދެއްވަވައިފާނެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު އެދުމުން ކޮންމެ މުސްލިމަކަށްވެސް ދެއްވަވާނެ 2 ކަމެއް ވެއެވެ. އެ ދެކަންތައް ޙާޞިލުކުރެވިއްޖެނަމަ ފުދި އިތުރުވާނެއެވެ. އެއީ:
1 ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވެވުން
2 ﷲ ތަޢާލާ ކުއްތަންވާން މަސައްކަތްކުރުމުން ހިތް ޠޯހިރުކޮށްދެއްވެވުން
މިއީ ހަމަ ކޮންމެ މީހަކަށްވެސް ދެއްވަވާނެ 2 ނީޢްމަތެވެ! އޮތީ އިޚްލާޞްތެރިކަމާއިއެކު ލިބިގަންނަން މަސައްކަތްކުރުމެވެ.
އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި އެމީހާގެ ހިތް ﷲ ތަޢާލާ ޠޯހިރުކޮށްދެއްވވައިފި މީހަކަށް އެވަނީ ދެދުނިޔޭގައިވެސް ހުރިހާ ނިޢްމަތްތަކެއް ލިބިފައެވެ. އެމީހާއަށް ކިތަންމެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވެ ކިތަންމެ ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހުނު ނަމަވެސް އެއީ ހުރަސްކުރާ ކުނި މެއްސެއްގެ ގޮތުގައި ނޫނީ އެމީހާ ނުދެކޭނެއެވެ.
ބުނާނެތެވެ! "މިއީ ﷲ ތަޢާލާ ތިމަންނާއަށް މިންވަރުކުރެއްވެވި އެންމެ ރަގަޅު، އެންމެ ފައިދާހުރި ގޮތެވެ!" އަދި އެމީހާ އަބަދުވެސް ހުންނާނީ ހަމަ ވަރަށް އުފަލުންނެވެ. އަދި ކީއްހެއްޔެވެ؟ ޤިޔާމަތް ދުވަހުވެސް އެފަދަ މީހުން ތިބޭނީ ހިތްހަމަޖެހިގެން ހަމަ އުފަލުގައެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން