ބަންގިއަށް ޢިޖާބަދިނުމާ ބަންގިދުޢާކިޔުމަށް ސަމާލުކަން ދިނުމުން ލައްވަވާ ރަޙްމަތް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 1ސ
ބަންގިއަށް ޢިޖާބަދިނުމާ ބަންގިދުޢާކިޔުމަށް ސަމާލުކަން ދިނުމުން ލައްވަވާ ރަޙްމަތް ވަރަށް ގިނަ!

މީސްތަކުން ދުނިޔޭގެ ކަންކަމަށް ވިސްނުން ބޮޑުވީ ވަރުން ތިމާއަސް ވަރަށް ފަސޭހައިން ﷲ ތަޢަލާގެ ރަޙްމަތަށް އެދެވެން އޮންނަ ފުރުޞަތުތައްވެސް އެބަނަގައިލައެވެ. އެހެންވެ ލައްވަވަން އޮންނަ ރަޙްމަތް ނުލިބި އެބަދެއެވެ. ރަނގަޅަށް ވިސްނައިގެން ކިޔައިލާށެވެ! އުނގެނޭށެވެ!  

(1)ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا سَمِعْتُمُ الْمُؤَذِّنَ، فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَيَّ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى الله عَلَيْهِ بِهَا عَشْرًا» [رواه مسلم] 

މާނައީ: "ބަންގިދޭމީހާ، ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އޭނާ އެކިޔާ ފަދައިން ތިޔަބައިމީހުންވެސް ކިޔާށެވެ. އެއަށްފަހު، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހާ ދަންނައެވެ. އެކަމުގެ ސަބަބުން އެމީހަކަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ މަލާއިކަތުންގެ އަރިހުގައި ދިހަފަހަރު ޘަނާގެބަސްވަޙީ ކުރައްވާނެއެވެ."  

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله] 

(2)ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» [رواه مسلم] 

މާނައީ: "ބަންގިދޭމީހާ، ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، މިފަދައިން ކިޔަވައިފިމީހާ ދަންނައެވެ. 

أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا 

މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. ﷲ އީ ރައްބުކަމަށާއި، މުޙައްމަދުގެފާނީ ރަސޫލާކަމަށާއި، އިސްލާމްދީނަކީ (އަޅަމެންގެ) ދީންކަމަށް މިއަޅާ ރުހި ޤަބޫލުކުރަމެވެ." 

އެމީހެއްގެ (ކުދި) ފާފަތައް ފުއްސެވޭ ހުއްޓެވެ." (ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله)

(މިދުޢާ ކިޔާނީ ބަންގިދޭމީހާ ޝަހާދަތުގެ ދެކަލިމަ ކިޔާ ނިމުމުންނެވެ.) 

(3)ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

ثُمَّ قَالَ: حَيَّ عَلَى الصَّلَاةِ، قَالَ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، ثُمَّ قَالَ: حَيَّ عَلَى الْفَلَاحِ، قَالَ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ» [رواه مسلم] 

މާނައީ: "ދެން (ބަންގިދޭމީހާ) «حَيَّ عَلَى الصَّلَاةِ» ކިޔުމުން، ތިޔަބައިމީހުން މިފަދައިން ކިޔާށެވެ.

«لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ» 

މާނައީ: “ނުބައިކަމުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހެޔޮކަމެއްކުރުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ." 

ދެން ބަންގިދޭމީހާ «حَيَّ عَلَى الْفَلَاحِ»  ކިޔުމުން، ތިޔަބައިމީހުން މިފަދައިން ކިޔާށެވެ. 

«لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ»  

މާނައީ: "ނުބައިކަމުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހެޔޮކަމެއްކުރުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ." [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله] 

(4)ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ[2] وَالفَضِيلَةَ[3]، وَابْعَثْهُ مَقَامًا مَحْمُودًا[4] الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ» [رواه البخاري] 

މާނައީ: "ބަންގިދޭމީހާ، ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، މިފަދައިން ކިޔައިފިމީހާ ދަންނައެވެ. 

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ 

މާނައީ: "އޭ މިފުރިހަމަ ގޮވައިލުމާއި، ޤާއިމުވާ ނަމާދުގެ ވެރި ރައްބެވެ! މުޙައްމަދުގެފާނަށް الوَسِيلَة އާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބައިލާހު އެކަމަށް ވަޢުދު ކުރެއްވި، ޙަމްދު ލިބިގެންވާ މަޤާމު އެކަލޭގެފާނަށް ދެއްވާނދޭވެ! 

ޤިޔާމަތްދުވަހުން، އެމީހަކަށް ތިމަންކަލޭގެފާނުގެ ޝަފާއަތް ލިބޭ ހުއްޓެވެ."

[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله] 

ބަންގިދޭ އަޑު އިވުމުން ދުޢާ ކިޔުމުގައި ޝަރުޢުވެގެންވާ ގޮތްތަކަކީ: 

1.    ބަންގިދޭމީހާ ކިޔާ ފަދައިން ކިޔުން. އެއީ «حَيَّ عَلَى الصَّلَاةِ» އާއި «حَيَّ عَلَى الْفَلَاحِ» ފިޔަވައެވެ. އޭގެ ބަދަލުގައި ކިޔާނީ «لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ» އެވެ.

2.    ބަންގިދޭމީހާ أَشْهَدُ أَنَّ مُحَمَّدًا رَسُوْلُ الله ކިޔުމުން މިފަދައިން ކިޔުން. «أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا».

3.    ބަންގިދީ ނިމުމުން މިފަދައިން ކިޔުން. «اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ».

4.    ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު، މިފަދައިން ކިޔުން. « اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ»

الأذكار والآدابޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله 

ގުޅުންހުރި ލިޔުންތައް  

[2]   الوَسِيلَة އަކީ ސުވަރުގޭގެ މަޤާމެކެވެ. ނަބިއްޔާ صلى الله عليه وسلم އަށް މެނުވީ އެހެން މީހަކަށް އެމަޤާމު އެކަށީގެންނުވެއެވެ.

[3]   الفَضِيلَة އަކީ އެހެން މަޚްލޫޤުންނަށްވުރެ މަޤާމު މަތިވެރިވެގެންވުމެވެ.

[4]   المَقَام المَحْمُود އަކީ އެންމެ މަތިވެރި ޝަފާޢަތެވެ. އެއީ މަޙްޝަރުގެ މައިދާނުގައި ގިނައިރު ތިބެންޖެހުމުން ޙިސާބުބެއްލެވުން އަވަސްކޮށްދެއްވުން އެދި އަދި ލުއިކަން ދެއްވުން އެދި އެކަލޭގެފާނު ވެވަޑައިގަންނަވާ ޝަފާޢަތެވެ.

ފަހުގެ ލިޔުންތައް

- ޙުސައިން ޠާރިޤް

މިއަދު އޮންލައިން