އިމާމުއް ޝާފިޢީ رحمه الله ވިދާޅުވިއެވެ.
"އެމީހެއްގެ ހިތް ހުޅުވި، އެ އަލިވުމަށް އެދޭ މީހާ، ފަހެ އެމީހާއާ ނުބެހޭ ކަންކަމުގައި ވާހަކަ ނުދައްކާށެވެ.
އަދި ފާފަކުރުން ދޫކޮށްލާ، އެއާ ދުރުހެލިވާށެވެ.
އަދި ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭނގޭފަދަ ހެޔޮ ޢަމަލެއް ސިއްރުން ކުރާށެވެ.
އެފަދައިން ޢަމަލުކޮށްފިނަމަ އެހެނިހެން (ނޭދެވޭ) ކަންކަމުން ދުރުހެލިވެވޭ ފަދަ ޢިލްމެއްގެ މަގު، ﷲ ތަޢާލާ އޭނާއަށް ހުޅުވައިދެއްވާނެއެވެ."
[مناقب الشافعي للبيهقي (2 / 171)]
- ޝައިޚް އިމްރާން މުޙައްމަދު ޢަލީ