ސިއުޒާ
ޙަޤީގީ ފިރިހެނަކު ކޮށްގެން ނުވާނެ 8 ކަމެއް:
1. ތިބާގެ އަނބިމީހާ ޚާއްޞަ ފިރިހެން ރަޙްމަތްތެރިއަކު ގެންގުޅުމުގެ އިޚްތިޔާރު ނުދޭށެވެ.
2. އަނބިމީހާ ނޫން އެހެން އަންހެނަކަށްޓަކާ ހަނގުރާމަ ނުކުރާށެވެ.
3. ތިބާ އާއި ގަޔާ ނުވާ އަންހެނަކު ރުއްސަން މަސައްކަތް ނުކުރާށެވެ. އެކަމުނެ ބޭކާރު ވާނީ ތިބާގެ ވަގުތާއި ފައިސާއާއި ތަކެއްޗެވެ.
4. ތިބާގެ އަގު ވަޒަން ނުކުރާ އަންހެނަކަށް ތިބާގެއަތުން ޚަރަދު ނުކުރާށެވެ. އޭނާ ވާނީ އަމްދަނީގޮތުން ހުރި ބުރައަކަށެވެ.
5. އެހެން ފިރިހެނަކަށްޓަކާ ތިބާ ދޫކޮށްފައި ދިއަ އްންހެނަކު އަނބުރާ ބަލައިނުގަންނާށެވެ. އޭނާ އެނބުރި އަންނާނީ ތިބާ ބަރުބާދު ކުރުމަށެވެ.
6. އެމީހެއްގެ ވަށައިގެން ބައިވަރު ފިރިހެނުން ގެންގުޅޭ، ބޭވަފާތެރި، ދަހިވެތި، މަކަރުވެރި، ނުރައްކާތެރި އަންހެނުންނާ އެކު ނޫޅޭށެވެ. އޭނާ ތިބާއަށް ވެސް ތެދުވެރިއެއް ނުވާނެއެވެ.
7. ތިބާއަށް އިހްތިރާމް ނުކުރާ އަންހެނަކާއިއެކު ދިރިއުޅެން މަސައްކަތްނުކުރާށެވެ! ތިބާގެ ހަޔާތަކަށް އޭނާގެ ބޭނުމެއް ނެތެވެ.
8. ތިބާގެ ޤަދަރު ކުޑަކުރާ، އަދި ތިބާ ދޫކޮށް ދާން ބޭނުންވާ އަންހެނަކު ގަދަކަމުން ހިފަހައްޓަން މަސައްކަތްނުކުރާށެވެ!
މިއީ ބުއްދިވެރިއަކު ފާހަގަކޮށްފައިވާ 8 ކަމެކެވެ. މިކަންކަން ފާހަގަކުރި މީހާ އަމާޒުކޮށްފައި މިވަނީ ފިރިހެނުންނަށް ނަމަވެސް މިކަންކަމަކީ ހަމަ އަންހެނުންވެސް ސަމާލުކަންދޭންވީ ކަންކަމެވެ. މިއީ ހަމަ އަންހެނުންވެސް ނުކުރަންވީ ކަންކަމެވެ.