ދެމަފިރިންކަމުގައި ވީނަމަވެސް ހުރިހާ ވަޤުތަކުވެސް އަދި ހުރިހާ ކަމެއްވެސް ހުއްދަވެގެނެއް ނުވެއެވެ. އެކަންކަން ﷲ ތަޢާލާ އެގޮތަށް ކަނޑައަޅުއްވަވާފައިއެވަނީ ހަމަ މީސްތަކުންގެ ފައިދާއަށެވެ. އިންތައް ހައްދުފަހަނައަޅައި ދިއުމުން ލިބޭނެ ގެއްލުމުން މީސްތަކުން ސަލާމަތްކުރެއްވެވުމަށެވެ.
ހަމަ އެއާއިއެކު ވިސްނައިލަން އޮތް ކަމަކީ ދެމަފިރިން ކަމުގައިވާހިނދުން ފެށިގެން ފައިދާހުރި ގޮތުގައި އުފާވެރިކަން ލިބިގަތުމަށް އެއްވެސް ހުރަހެއް ނެތްކަމެވެ. އަދި މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތާއި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ.
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަނބިފިރިކަމުގެ ގުޅުން ފިރިމީހާއާއި އަނބިމީހާއަށް ދެޙާލަތެއްގައި މެނުވީ ހުއްދައްވެގެން ވެއެވެ. އެގޮތުން ހުއްދަނުވާ ފުރަތަމަ ޙާލަތަކީ އަނބިމީހާގެ ފުރަގަސް ފަރާތް ބޭނުންކުރުމެވެ. އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކުރުމީ ޙަރާމްކަމެކެވެ.
ރަސޫލުއްﷲ ޞައްލަﷲ ޢަލަހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
{ ملعون من أتى امرأة في دبرها} މާނައީ: "އެމީހެއްގެ އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާއަށް ލަޢްނަތްލެއްވިގެންވެއެވެ".
ދެވަނަޙާލަތަކީ އަނބިމީހާ ޙައިޟުގެ ދުވަސްވަރު ނުވަތަ ނިފާސްކަމުގެ ދުވަސްވަރު އަނބިމީހާއާއި ޖިމާޢުވުމުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
{ فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلا تَقْرَبُوهُنَّ حَتَّى يَطْهُرْنَ (٢٢٢) }
މާނައީ: " ފަހެ ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާއި ދުރުހެލިވާށެވެ!(އެބަހީ ޖިމާޢުނުވާށެވެ!) އަދި އެކަނބަލުން ހިނައި ޡާހިރުވެއްޖެއުމަށް ދާންދެނެވެ". އިސްވެ ބަޔާންވެދިޔަ ފަދައިން ފިރިމީހާއަށް އަނބިމީހާގެ ފުރަގަސްފަރާތް އެއްވެސް ޙާލަތެއްގައި ބޭނުންކުރުން ހުއްދައެއް ނޫނެވެ. އަދި ޙައިޟުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރު އަނބިމީހާގެ ކުރިމަތިފަރާތް ފިޔަވައި މުޅި ހަށިގަނޑުން އަރާމު ހޯދުން ހުއްދައެވެ. ނަމަވެސް ހައިޟު ނަވަތަ ނިފާސްކަމުގެ ދުވަސްވަރު ފިރިމީހާގެ އަތް އަނބިމީހާގެ ކުރިމަތިފަރާތުގަ ނުޖެހޭގޮތަށް އެދުން ފުއްދައިދިނުމަކީ ހުއްދަކަމެކެވެ. އެއާ ޚިލާފަށް އެޙާލަތުގަ ކުރމަތި ފަރާތުގަ އަތް ބީހޭގޮތަށް އެދުން ފުއްދުމަކީ ޙަރާމްކަމެކެވެ. އަދި އެއީ ބޮޑުވެގެންވާ ނަޖިސްކަމެކެވެ. އެހެނީ ހައިޟުގެ ދުވަސްވަރު އަނބިމީހާގެ ކުރިމަތިފަރާތުން އަންނަ ލެއަކީ ނަޖިސްލެއެކެވެ. މިކަމުގައި ކައްފާރާއެއް ނޯންނާނެއެވެ. ތައުބާވުމުން ފުދޭނެއެވެ.
http://www.mvislamqa.com/beta/views.asp?questionID=280
އެހެންކަމުން ފުރަގަސްފަރާތް ފިޔަވައި އެހެންހުރިހާތަނެއް ފިރިމީހާ އަށް ހުއްދަވެގެންވެއެވެ..والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް