ގެއަށް ޖިންނި ޝައިޠޯނުންގެ އުނދަގޫ ފޯރާކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ޢަލާމާތް ފެންނަނަމަ ފައްސައި ދުރަށް ފޮނުވާލަން ކުރެވެން އޮތް 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ގެއަށް ޖިންނި ޝައިޠޯނުންގެ އުނދަގޫ ފޯރާކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ޢަލާމާތް ފެންނަނަމަ ފައްސައި ދުރަށް ފޮނުވާލަން ކުރެވެން އޮތް 2 ކަމެއް!

އިންސާނުން ފަދައިން ދުނިޔޭގައި ޖިންނި ޝައިޠޯނުންވެސް ވަނީ ލައްވަވައިފައެވެ. ވީމާ ކޮންމެ ތަނެއްގައިވެސް އުޅޭނެއެވެ. އުނދަގޫ ނުކުރުމަކީ ނުއުޅުމެއް ނޫނެވެ. އެނދަގޫތައް އެކުރަނީ ކޮންމެވެސް ސަބަބެއް އޮތުމުންނެވެ.  

އެގޮތުން ގޭގައި ނަމާދުކޮށް ޤުރްއާން ނުކިޔެވުމަކީ ޖިންނި ޝައިޠޯނުން ޖަގަހަ ހަދައި ބަނޑަހަޖަހާ ސަބަބެކެވެ. އެއެއްޗެއްސަށް އެފަދަ ގެތައް ފެންނާނީ ފަޅު ތަންތަނުގެ ގޮތުގައެވެ. ގެފަޅު ނުކުރުމަށްޓަކައި ގޭގައި ނަމާދުކޮށް ޤުރްއާން ކިޔަވަންޖެހެނީ އެސަބަބަށްޓަކައެވެ.  

މީހަކު ސިޙުރެއް ނުހެދިނަމަވެސް ކުރިނަ މިބުނި ފަދަ ގޮތަކަށް ގެފަޅުކޮށްފިނަމަ އެގެއެއްގެ އެތެރޭގައިވެސް އަދި ބޭރުގައިވެސް ޖިންނި ޝައިޠޯނުން އުޅުން ގިނަވާނެއެވެ. ހަމައެއާއިއެކު ނަމާދުކޮށް ޤުރްއާން ކިޔަވައި ހެދިނަމަވެސް ދޮރުތައް ހުޅުވަމުންނާއި ދޮރުތައްލައްޕަމުން (ގެނއަސްވަދެ ނުކުމެވާއިރު ކިޔަންޖެހޭ ޛިކުރުތައް ނުކިޔުމަކީ ގެއަށް ވަންނަން އެއެއްޗެއްސަށް ފުރުޞަތު ބޮޑުވެގެންދާ ކަމެކެވެ.  

ބައެއް މީހުން ބުނެއެވެ. "އަހަރެމެންގެ ގޭގައި ޖިންނި ޝައިޠޯނުން އުޅޭކަމަށް ވަރަށް ބޮޑަށް ޝައްކުވެއެވެ. ބައެއް އަޑުތައްވެސް އިވެއެވެ. ބައެއް އެއްޗެތި ގުޑުވާ އަޑުވެސް އިވެއެވެ. ކުޑަދޮރުން ބޭރު ބަލައިލުމުން ހިޔަނިފެނެއެވެ. އަލިދާހެންވެސް ހީވެއެވެ."  

މިހިރަ ކަންކަމަކީ ވުން އެކަށީގެންވާ ކަންކަމެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ ނުވަތަ ޝައްކުވިނަމަވެސް ބިރުނުގަނެ އަވަހަށް ބާރަށް ބަންގިގޮވާށެވެ. ބަންގީގެ އަޑު އިވުމުން ޝައިޠޯނާ ވައިރޯޅިއެއް ފަދައިން ދުވެ ފިލާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

މިފަދަ ކަމެއް ދިމާވެއްޖެނަމަ ބިރުން ނިދިނަގާލާފައި ތިބެންވީއެއް ނޫނެވެ. ވުޟޫކޮށްގެން އަވަހަށް ބަޤަރާ ސުރަތް ކިޔަވަން ފަށާށެވެ. އެއީވެސް ޝައިޠޯނާ ދުވެފިލާނެ ކަމެކެވެ. ޤަވާއިދުން ބަޤަރާ ސޫރަތް ކިޔަވާ ގެއަކަށް ޖިންނި ޝައިޠޯނުންނަށް ކައިރިނުވެވޭނެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން