ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ سَلَكَ طَرِيقًا يَبْتَغِي فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا إِلَى الجَنَّةِ، وَإِنَّ المَلَائِكَةَ لَتَضَعُ أَجْنِحَتَهَا رِضَاءً لِطَالِبِ العِلْمِ، وَإِنَّ العَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ حَتَّى الحِيتَانُ فِي المَاءِ، وَفَضْلُ العَالِمِ عَلَى العَابِدِ، كَفَضْلِ القَمَرِ عَلَى سَائِرِ الكَوَاكِبِ، إِنَّ العُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا، إِنَّمَا وَرَّثُوا العِلْمَ، فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ» [رواه الترمذي (2682) وحسنه الألباني في المشكاة (212)]
މާނައީ: "(ޝަރުޢީ) ޢިލްމު ޙާޞިލުކުރުމުގެ މަގެއްގައި ހިނގައިފި މީހަކު ދަންނައެވެ. އޭނާއަށް ސުވަރުގެ ދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށް ދެއްވާނެއެވެ. އަދި ހަމަކަށަވަރުން ކިޔަވާ ކުއްޖާގެ ކަންތައްތަކަށް ރުއްސަވާ ޙާލު މަލާއިކަތުން، އެބޭކަލުންގެ ފިޔަފުޅުތައް ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން އުޑުތަކާއި ބިމުގައި ވާހާ ބަޔަކާއި، ކަނޑުގައިވާ މަސްމަހާ މެއްސަށް ދާންދެން ޢިލްމުވެރިޔާގެ ފާފަ ފުއްސަވާދެއްވުމަށް އެދި ދަންނަވައެވެ. އަދި ހަމަކަށަވަރުން ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިން، އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މަތިވެރިވެގެންވެއެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުގައި ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ."
- ޝައިޚް އިމްރާން މުޙައްމަދު ޢަލީ