އަޅުކަންކުރަމުންވެސް ފާފަކުރެވުންމަތީގަ ދެމިތިބެވޭ މީހުންނަށް އޮތީ ހިދާޔަތު ލިބިގަންނަން އިތުރަށް މަސައްކަތްކުރުން! މަސައްކަތްކުރީމާ ތެދުމަގު ދައްކަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އަޅުކަންކުރަމުންވެސް ފާފަކުރެވުންމަތީގަ ދެމިތިބެވޭ މީހުންނަށް އޮތީ ހިދާޔަތު ލިބިގަންނަން އިތުރަށް މަސައްކަތްކުރުން! މަސައްކަތްކުރީމާ ތެދުމަގު ދައްކަވާނެ! އިން ޝާ ﷲ

ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމަށް މަސައްކަތްކުރުމުންނެވެ. މިއީ ދުނިޔެއިންވެސް އަބަދު ފެންނަ ކަމެކެވެ. މަސައްކަތްނުކޮށް އަތް އުރާލައިގެން ތިބޭ މީހުންނަށް ޖެހެނީ އަބަދުވެސް ފޭލްވެގެން ތިބޭށެވެ!  

ފާފަ ކުރެވޭނަމަ އެކަން ހުއްޓާލަންވެސް މަސައްކަތްކުރާށެވެ! އެކަމަށް މަގުދައްކަވާނެތެވެ. އެކަން މިއޮތީ ޤުްރްއާނުން އެނގޭށެވެ!  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.  

﴿يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ﴾ [المائدة: 16] 

މާނައީ: "ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގު ދައްކަވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ." 

މިއާޔަތުން އެނގިގެން މިދަނީ ފުރަތަމަ ކަމަކީ ތިމާ ﷲ ތަޢާލާއަށް ތަބާވުންކަމެވެ. "ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގު ދައްކަވަތެވެ." އޮތުމުންނެވެ. އަދި " އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ." މިއޮތީ އެއިގެ ފަހަތުންނެވެ.

އެނގިގެން މިދިއައީ ފުރަތަމަ ކަމަކީ ތަބަޢަވާންވީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ތަބަޢަވުންކަމެވެ. އެއީ އެންމެ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ﷲ ތަޢާލާގެ އެންގެވުންތަކަށް އެންމެ ފުރިހަމަގޮތުގައި ޢަމަލުކުރުމެވެ. އެކަންކަން ފުރިހަމަކުރުމުން ހިދާޔަތު ނުލިބިއެއް ނުދާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން