ޅަފަތުގައި މަރުވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޝަފާޢަތްތެރިވާނެ ކަމާއި އެކުދިންގެ ޝަފާޢަތުގެ ސަބަބުން އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވާނެކަމުގައި ޞައްހަ ޚަބަރުން ސާބިތު ވެއެވެ. ނަމަވެސް އެބަޔަކަށް ޝަފާއަތްތެރި ވުމުގެ ހުއްދަ ލިބޭ ޝަހީދުންނާއި ކުޑަ ކުދިން ފަދަ މީހުންގެ ޝަފާއަތުން ސުވަރުގެ ވަންނާނީ ޔަގީނުންވެސް މުސްލިމުންނެވެ.
މުއުމިނުންނެވެ. އަދި ﷲ އިރާދަކުރެއްވި އަޅެކެވެ.
ވީމާ ޅަފަތުގައި މަރުވާ ކުދިންގެ މައިން ބަފައިންނަކީ ފާފަވެރި ބައެއް ނަމަ އެމީހުން ސުވަރުގެ ވަންނާނީ ﷲގެ އަފޫކުރެއްވުމާއި އެކު، ނުވަތަ އެމީހުންގެ ޅަފަތުގައި މަރުވެފައިވާ ކުދިން ނުވަތަ ޝަފާއަތްތެރިންގެ ޝަފާއަތުން ނުވަތަ އެކަށީގެންވާ ހައްގު ސަޒާ ލިބިގެންނެވެ.
ކުޑަ ކުދިން މެރުމަކީ ފާފަ ތަކުގެ ތެރެއިން ނުބައިވެގެންވާ ފާފައެކެވެ. ހަލާލު ކުދިންނާއި ނަހަލާލު ކުދިންނަކީވެސް މައުސޫމު ބައެކެވެ. އެކުދިން މަރައިފި މީހަކަށް ހައްގުވެގެންވަނީ ނަރަކައެވެ.
މާތް ﷲ އެބައިމީހުންގެ ކިބައިން އޭގެ ބަދަލު ހިތްޕަވާނެ ކަމުގައި އަނގަވައި ވަހީކުރައްވާފައިވެއެވެ. {{ وَإِذَاالْمَوْءُودَةُسُئِلَتْ (8) بِأَيِّذَنْبٍقُتِلَتْ (9) }} التكوير"އަދި ޅަފަތުގައި މަރައި ވަޅުލެވޭ ކުދިންނާއި ސުވާލު ކުރެވޭ ދުވަސް (ޤިޔާމަތް ދުވަސްމަތިން) ހަނދާން ކުރާށެވެ! އެކުދިން ގަތުލު ކުރެވުނީ ކޮން ކުށަކާއިލައިގެން ތޯއެވެ؟"
އަދި އޭގެ ބަދަލު ދެއްވާނެއެވެ. އެކަމަކު އެއީ މުސްލިމެއް ކަމުގައި ވާނަމަ، އިސްވެ ދިޔަ ފަދައިން ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް