ގިނަ ބައަކަށް ކަންބޮޑުވެ މާޔޫސްވާން ޖެހޭ ސަބަބާ އެކަމަށް އޮތް ޙައްލު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގިނަ ބައަކަށް ކަންބޮޑުވެ މާޔޫސްވާން ޖެހޭ ސަބަބާ އެކަމަށް އޮތް ޙައްލު- އިން ޝާ ﷲ

ގިނަ ބައަކަށް އަބަދުހެން ކަންބޮޑުވުމެއްގެ ތެރޭގައި އުޅެންޖެހޭ ސަބަބަށްބަލާއިރު އެސަބަބަކީ އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކަށް ކަންބޮޑުވެވުމެވެ. ތިމާއަށް ދެއްވަވާފައިވާ ނިޢުމަތްތަކަށް ވިސްނައި ޝުކުރުވެރި ނުވެވުމެވެ.  

ޙަދީޘްފުޅުގައި އޮތީ ތިމާއަށްވުރެ ނިކަމެތި ޙާލުގައިވާ މީހުންނަށް ބެލުމަށެވެ. ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތައް ނުލިބި ތިބި މީހުންނަށް ބެލުމަށެވެ. އެކަމަކު ގިނަ ބައަކަށް ބެލެނީ އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކަށެވެ. ކަންބޮޑުވެވެނީ ކޮންމެވެސް މީހަކަށް ދެއްވަވާފައިވާ ނިޢުމަތްތައް ތިމާއަށް ނުލިބިގެންނެވެ.  

ވިސްނާށެވެ! ދުނިޔޭގައި އެތައް ބައިވަރު މިލިއަނަރުންނާއި ބިލިއަނަރުން އެބައުޅެއެވެ. އަދި އެއަށްވުރެ ތަނަވަސްކަން ކުޑަނަމަވެސް ތަނަވަސްކަން ލިބިގެން ތިބި އެތައް މިލިއަން ބައަކު ދުނިޔޭގައި އެބަ އުޅެއެވެ. އެކަމަކު އެކަމުގެ ސަބަބުން ތިބާއަށް އުނިވަނީ ކޮންކަމެއް ހެއްޔެވެ؟ ޛައްރެއްގެ މިންވަރުވެސް ތިބާއަށް އުންޏެއް ނުވާނެއެވެ!  

އެމީހަކަށް ދެއްވަވަން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މިންވަރަށް އެމީހަކަށް ދެއްވަވާނެތެވެ. ﷲ ތަޢާލާގެ ރުހިވޮޑގަތުން ލިބުމަށް މަސައްކަތްކުރަމުން، އަދި ތަނަވަސްކަން އިތުރުކުރަން ތިމާއަށް ކުރެވެން ހުރި ަމސައްކަތްކުރަމުން ދުޢާކުރުމުން އިތުރުވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ  

ހަމައެކަނި ތަނަވަސްކަމެއް ނޫނެވެ. ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތަކާއިމެދުގައިވެސް އޮތީ ހަމަ މިގޮތެވެ. ވީމާ އެހެން މީހުންނަށް ލިބިފައިވާ ނިޢުމަތްތަކާއިމެދު ވިސްނުމުގެ ބޭނުމެއް ނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަށް ދެއްވަވާ ނިޢުމަތްތައް އިތުރުކޮށްދެއްވެވުން އެދިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން