"ޢިލްމު ހޯދުމަށް ވުރެ މަތިވެރިކަމެއް މި ބިންމަތީގައި ވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ.": ބިޝްރުލް ޙާފީ ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
"ޢިލްމު ހޯދުމަށް ވުރެ މަތިވެރިކަމެއް މި ބިންމަތީގައި ވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ.": ބިޝްރުލް ޙާފީ ރަޙިމަހުﷲ

ޢިލްމުގެ ފައިދާތައް 

ފައިދާހުރި ޢިލްމުގެ ސަބަބުން ޢަޤީދާ ޞައްޙަވެ، ނަފްސު ތަޒްކިޔާވެ އަދި ޚުލުޤު ރިވެތިވެއެވެ. އަދި އޭގެ ސަބަބަން ހެޔޮ ޢަމަލުތަކުގެ މޭވާ ލިބެއެވެ.  

ޢިލްމަކީ އެކަނިވެރިކަމުގައިވާ އެކުވެރިޔާއެވެ. އަދި އެކަހެރިކަމުގައިވާ ބައިވެރިޔާއެވެ. އަދި އެއީ ސުވަރުގެއަށް މަގުދައްކާ ނޫރެވެ. އަދި އެއީ އެންމެ މަތިވެރި އަޅުކަންތަކުން ކުރެ އަޅުކަމެކެވެ.  

ބިޝްރުލް ޙާފީ رحمه الله ވިދާޅުވިއެވެ. 

"ޢިލްމު ހޯދުމަށް ވުރެ މަތިވެރިކަމެއް މި ބިންމަތީގައި ވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ." [شرف أصحاب الحديث للخطيب (ص: 82)] 

ޢިލްމުގެ އޮށް އިންދައިފި މީހަކު ތޫނުފިލިކަން ލިބިގަންނާނެއެވެ. އަދި މަޑުމައިތިރިކަން އިންދައިފި މީހަކަށް ހައިބަތު ލިބިގެންދާނެއެވެ. 

އިބްނު ޙަޒަމު رحمه الله ވިދާޅުވިއެވެ. 

"(ޝަރުޢީ) ޢިލްމު ހޯދުމާއި އެކަމުގެ ތެރޭގައި އުޅުމުގެ ހަމައެކަނި ފައިދާތަކަކީ: ޝައިޠާނާގެ ގިނަގުނަ ވަސްވާސްތަކާ ދުރުހެލިކުރުމާއި މީހާ ކަންބޮޑުކުރުވާ ބޭނުމެއް ނެތް ފިކުރުތަކުން ދުރުހެލިކުރުވުމާ އަދި އިންސާނާއަށް އުނދަގޫވާފަދަ ޚިޔާލުތަކުން ދުރުހެލިކުރުވުންކަމުގައި ވިޔަސް، އެކަމަށްޓަކައި މީސްތަކުން ޢިލްމު ހޯދުމަށް އުޅުނީހެވެ. ދެން ފަހެ އޭގެ އިތުރަށްވެސް، އެތައް ފައިދާއެއް ޢިލްމުގައިވާ ހިނދު ޢިލްމު ނުހޯދާންވީ ކީއްވެ ހެއްޔެވެ!"

[رسائل ابن حزم (1 / 343)] 

[خطوات إلى السعادة لد. عبدالمحسن القاسم (ص:  61 - 62)]

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން