ތިބާ ރަނގަޅަށް ކަންކަން ކުރާއިރުވެސް އެހެން މީހުންގެ ނުރުހުން ލިބޭނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިބާ ރަނގަޅަށް ކަންކަން ކުރާއިރުވެސް އެހެން މީހުންގެ ނުރުހުން ލިބޭނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަހުރެމެންނަށް އޮތީ އެންމެންނަށްވެސް ހެޔޮކޮށް ހިތުމެވެ. އެއްވެސް މީހަކަސް ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރުމެވެ. އަދި ވެވުނު ވަރަކުން އެންމެންނަށްވެސް އެހީތެރިވެދޭން މަސައްކަތްކުރުމެވެ. 

ގިނަބައަކަށް، ޚާއްޞަކޮށް ގިނަ ޢަދަދެއްގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި އޮންނަނީ ގޭގެ އެންމެންގެ ރުހުން ނުލިބުމެވެ. އެންމެ ބޮޑު ޝަކުވާއަކަސްވެފައި އޮންނަނީ ތިމާ ކިތަންމެ ރަނގަޅަށް ކަންކަން ކުރިޔަސް އެކަން އެހެން މީހުން ބަލައިނުގަންނަކަމެވެ. 

އެފަދަ ކަނބަލުންނަށް ބުނެލަން އޮތީ އަމިއްލަ ޢާއިލާގެވެސް އެންމެންގެ ރުހުމެއް ނުހޯދޭނެއެވެ. ނުރުހޭ ބައަކު ތިބޭނެއެވެ. އެހެންކަމަށްވާއިރު ބައިވެރިޔާގެ ޢާއިލާގެ އެންމެންގެ ރުހުން ހޯދޭނެ ކަމަށް އުންމީދުކުރުމެއް ނެތެއްނޫންހެއްޔެވެ؟ 

ވީމާ އެންމެންނަށްވެސް ހެޔޮކޮށް ހިތާށެވެ! އެމީހުން ދެކޭ ގޮތް އެމީހުންނަށް ދޫކޮށްލާށެވެ! ތިބާކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް ޙައްޤު ޖަޒާ ތިބާއަށް ދެއްވަވާނެތެވެ. 

ތިބާކުރި ކުށަކާއި ނުލައި މީހަކު ނުރުހި ބަހެއް ބުންޏަސް އަދި ކަމެއް ކުރިޔަސް "އަލްޙަމްދުލިﷲ" ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ! އޭނާއަށް ޝުކުވާ ނުކުރާށެވެ! އެއިރުން ތިބާއަށް ޘަވާބުލިބި ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން