ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވޭނީ މިސްކިތަށް ގެންގޮސްގެން! ދަރިފުޅަށްޓަކާ އެކަން ކޮށްނުދީ އެހެން ކަމެއް ކޮށްދޭނެ ކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވޭނީ މިސްކިތަށް ގެންގޮސްގެން! ދަރިފުޅަށްޓަކާ އެކަން ކޮށްނުދީ އެހެން ކަމެއް ކޮށްދޭނެ ކަމެއް ނެތް!

ކުޑަކުދިން މިސްކިތަށް އަހުލުވެރިކުރުވޭނީ މިސްކިތަށް ގެންގޮސްގެންނެވެ. އެހެންވެ ކުދިން މިސްކިތަށް ގެންދިއުމަކީ ކުރަންޖެހޭ ކަމެކެވެ. އެއީ ބައްޕަގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އަދާނުކުރިނަމަ ޤިޔާމަތް ދުވަހު އެކަމުން ސަލާމަތް ނުވެވޭނެ ވާޖިބެއްވެސްމެއެވެ. 

3، 4 އަހަރުގެ ހަގުކުދިންވެސް މިސްކިތުގެ ޖަމާޢަތުން ފެނެއެވެ. ބައެއް ފަހަރު ދަރިފުޅު ދެވަނަ ސަފުގައި ބަހައްޓާފައި ކުރީ ސަފުގައި ބައްޕައިން ތިބެއެވެ. އެޙާލަތުގައިވެސް އެކުދިންގެ ކިބައިން ފެންނަނީ ވަރަށް ރަނގަޅަށް ނަމާދުކުރާ ތަނެވެ. އެކަމުން އެނގެނީ އެކުއްޖާ އެކަމަށް ހޭލުންތެރި ކުރުވައި ރަނގަޅު ގޮތުގައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިފައިވާ ކަމެވެ. 

ހަމައެއާއިއެކު ފާހަގަކުރަންޖެހޭ ކަމަކީ 4،5،6 އަަހރުގެ ކުޑަކުދިން މިސްކިތަށް އެކަނި ގޮސް ވަރަށް ރަނގަޅަށް ކަންކަންކުރާ ކަމެވެ. އެކަމުންވެސް އެނގެނީ އެކުއްޖާ އެކަމަށް ހޭލުންތެރި ކުރުވައި ރަނގަޅު ގޮތުގައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިފައިވާ ކަމެވެ. 

ކުޑަކުދިން މިސްކިތަށް ގެންދިއުމާއިމެދު ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ކުޑަކުދިން މިސްކިތަށް ގެންދިޔުން-

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

ކުޑަކުދިން މިސްކިތަށް ގެންދިޔުމާ ބެހޭގޮތުން އިމާމު މާލިކު رحمه الله އާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. 

"މީހުންނަށް އުނދަގޫވާފަދަ ކަމެއް އެކުދިން ނުކުރަންޏާ އަދި އެފަދަ ކަމެއް ކުރަން އުޅޭ ޙާލަތުގަ ނުކުރާށޭ ބުނުމުން ހުއްޓާވަރުގެ ކުއްޖެއްވިއްޔާ (އެފަދަ ކުދިން މިސްކިތަށް ގެންދިޔުމުގައި) މައްސަލައެއް ނެތެވެ.

އެހެނަސް އެކުއްޖެއްގެ ޢުމުރުގެ ހަގުކަމުން، މީހުންނަށް އުނދަގޫވާފަދަ ކަންކަން މިސްކިތުގައި ކުރަންޏާ، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ (ތަންކޮޅެއް ބޮޑު ވަންދެން) އެފަދަ ކުދިން މިސްކިތަށް ނުގެންދިއުމަށެވެ." 

[المدونة (1 / 195)]

 

މިއަދު އޮންލައިން