ރުޅިއަންނައިރަށް އެކުވެރިޔާގެ ސިއްރުތައް ބޭޒާރުކުރަން ހެޔޮނުވާނެ! އެނަގައިލެވެނީ ޤިޔާމަތް ދުވަހު ކަރުނައަޅަންޖެހޭނެ ފުރުޞަތެއް!: ޑރ. ނުޢުމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ރުޅިއަންނައިރަށް އެކުވެރިޔާގެ ސިއްރުތައް ބޭޒާރުކުރަން ހެޔޮނުވާނެ! އެނަގައިލެވެނީ ޤިޔާމަތް ދުވަހު ކަރުނައަޅަންޖެހޭނެ ފުރުޞަތެއް!: ޑރ. ނުޢުމާން ޢަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އައްރަޙްމާންއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ރަޙްމަތް ލެއްވުމަށް ލޯބިވެވޮޑިގެންވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އަލްޣަފޫރްއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ފާފަތައް ފުއްސެވުމަށް ލޯބިކުރައްވަވައެވެ. 

ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އަލްޙަކީމްއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން ޙިކްމަތް ހޯދުމަށް ލޯބިކުރައްވަވައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އަލްހާދީއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ހިދާޔަތް ދެއްވުމަށް ލޯބިކުރައްވައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އަލްޢަލީމްއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން ޢިލްމް ހޯދުމަށް ލޯބިކުރައްވައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އެންމެ ޢަދުލްވެރި ރަސްކަލާނގެއެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ޢަދުލްވެރިވުމަށް ލޯބިކުރައްވައެވެ. 

އަޅުގަނޑުމެންގެ ޝަޚްޞިއްޔަތުގައި ހުންނަންޖެހޭ ކަމަކީ ކޮބާ ހެއްޔެވެ؟ 

އެގޮތުން ލޯބި، އަޅާލުން، ޢަދުލްވެރިކަމާއި، ކަންކަމާއި ވިސްނާ ފިކުރު ކުރުމާއި، ޢިލްމު ހޯދުމެވެ. 

ކުށްތައް ފޮރުވި ނަމަވެސް ކަމެއް މާފު ނުކުރެވިދާނެއެވެ. ނަމަވެސް އެކަމަކު އޭގެ މާނައަކީ އެކަން މުޅި އެންމެންނަށް އެންގުމެއް ނޫނެވެ. އަދުލުއިންސާފު ހޯދުމަކީ އެހެން ކަމެކެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

المسلمُ أخو المسلمِ، لا يظلمُه، ولا يسلمُه ؛ من كان في حاجةِ أخيه فإنَّ اللهَ في حاجته، ومن فرَّج عن مسلمٍ كُربةً فرَّج اللهُ عنه بها كُربةً من كُربِ يومِ القيامةِ، ومن ستر مسلمًا سترهُ اللهُ يومَ القيامةِ

މާނައީ: "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އެނާ އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާހުއްޓެވެ. އަދި އޭނާގެ ޢަދާވާތްތެރިންނަށް އޭނާ ދޫކޮށެއް ނުލާ ހުއްޓެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައިވާ މީހާ (ދަންނާށެވެ!) އޭނާގެ ބޭނުންތައް ހިންމަވައިދެއްވެވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގުލެއް ފިލުވައިދީފި މީހާ (ދަންނާށެވެ!) އެކަމުގެ ސަބަބުން ﷲ ތަޢާލާ އެމީހެއްގެ ކިބައިން ޤިޔާމަތް ދުވަހުގެ ދަތި އުނދަގުލެއް ފިއްލަވާ ހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި  މީހާ (ދަންނާށެވެ!) ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހެއްގެ ޢައިބު ފޮރުއްވަވައި ދެއްވަވާ ހުއްޓެވެ."

މިއީ الله ތަޢާލާ ބަޔާންކުރައްވާފައިވާ ކަންތައްތަކެވެ.

 

- ޑރ. ނުޢުމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން