އާދޭސްކޮށްފަ ބުނަމެވެ! މަންމަ ކަންތައް ކުރިގޮތަށް ނުބަލައި މަންމައަށް ހެޔޮކޮށްހިތާދަރިއަކަށް ދުނިޔޭގައިވެސް މިންވަރު ކުރައްވަވާނެ ބޮޑު ރަޙްމަތުގެ އެމަތިވެރިކަން ލިބިނުގަނެ ދޫކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އާދޭސްކޮށްފަ ބުނަމެވެ! މަންމަ ކަންތައް ކުރިގޮތަށް ނުބަލައި މަންމައަށް ހެޔޮކޮށްހިތާދަރިއަކަށް ދުނިޔޭގައިވެސް މިންވަރު ކުރައްވަވާނެ ބޮޑު ރަޙްމަތުގެ އެމަތިވެރިކަން ލިބިނުގަނެ ދޫކޮށްނުލާށެވެ!

ބައެއް މައިންގެ ޝަކުވާއަކީ އެމީހުން މުސްކުޅިވި ދުވަހު ދަރިންގެ އަޅައިލުން ނުލިބުމެވެ. ޚާއްޞަކޮށް އެމީހުންނަށް ޒިޔާރަތްކޮށް ޙާލު ނުބެލުމެވެ. ބައެއް ދަރިންގެ ޝަކުވާއަކީ އެމީހުން ކުޑައިރު އެމީހުންނާއިމެދު މަންމަ ކަންކަންކުރި ގޮތެވެ.

ދަރިން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރަން ދެއްކޭނެ ބަހަނާއެއް ނެތްކަމެވެ. މައިންބަފައިންނަށް އަޅާލައި ލޯބިދީ އެހީތެރިވެދޭން ﷲ ތަޢާލާ އަންގަވާފައިވަނީ އެއްވެސް ޝަރުޠަކާއިލައިގެން ނޫންކަމެވެ.

ރަނގަޅަށް ވިސްނަވައިގެން ތިޜީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

އެއްވެސް ދެމީހަކު އެއްގޮތެއް ނުވާނެއެވެ. ވީމާ މައިންގެ ޢަމަލުތައްވެސް ތަފާތުވާނެއެވެ. އަހަރެމެންނަށް އޮތީ މައިންގެ ޢަމަލުތަކުގައި މިންއަޅައި މިނެކިރައިގެން މައިންނަށް ހެޔޮކޮށް ހިތުމެއް ނޫނެވެ. މައިން ކޮންމެ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. އެހެންވީމާ މަންމަ ތިމާ އާއިމެދު ކަންތައްތައް ކުރި ގޮތަށް ނުބަލާށެވެ! އެހެންދަރިންނާއި ތަފާތުކޮށް ނިކަމެތިކުރިނަމަވެސްމެއެވެ. އެހެންދަރިންނަށްވުރެ ބުރަކޮށް ތިމާލައްވައި މަސައްކަތްކުރުވިނަމަވެސްމެއެވެ. އަދި އެހެންދަރިންނަށް ނުބުނާފަދަ ނިކަމެތިބަސްތައް ބުނި ނަމަވެސްމެއެވެ.

މަންމަކުރި ކަންކަން މަންމައަށް ދޫކޮށްލާށެވެ! އެކަމަށް ގޮތް ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެއީ ދަރިން ގޮތްކަނޑައަޅަންޖެހޭ ކަމެއް ނޫނެވެ. އަދި ކަންބޮޑުވާންޖެހެންވީ ކަމެއްވެސް ނޫނެވެ.

ތިމާގެ މަންމައަކީ ކާފިރެއް ނަމަވެސް އަދި ތިމާއާއިމެދު ކިތަންމެ ނުބައިކޮށް ކަންކަންކުރާ މައެއް ނަމަވެސް މަންމައަށް ހެޔޮކޮށްހިތާށެވެ! ނަމަވެސް މައިމީހާގެ ބަސް ޤަބޫލުކޮށް ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއް ކުރުމެއް ނެތެވެ.

ޙަދީޘްފުޅުގައި އޮތީ މަންމައަކީ މުޝްރިކަކުކަމުގައިވީނަމަވެސް މައިމީހާއަށް ހެޔޮކޮށްހިތުމަށެވެ. ވީމާ ކޮންމެފަދަ ޙާލަތެއްގައިވެސް މައިމީހާއަށް ހެޔޮކޮށް ހިތާށެވެ! އެކަމުން ލިބެން އޮތް ޘަވާބާއި ދަރުމަ ލިބިގަންނާށެވެ!

އަހުރެންގެ ވިސްނުމަށް ބުރަވެ ބުނެވެން އޮތީ ތިމާއަށް ހެޔޮކޮށް ނުހިތާ މައަކަށް ހެޔޮކޮށް ހިތުމުން ދެއްވަވާނެ ޘަވާބާއި ދަރުމަ އެތައް ގުއަހުރެންގެ ވިސްނުމަށް ބުރަވެ ބުނެވެން އޮތީ ތިމާއަށް ހެޔޮކޮށް ނުހިތާ މައަކަށް ހެޔޮކޮށް ހިތުމުން ދެއްވަވާނެ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވާނެއެވެ! އިން ޝާ ﷲ. ނަމަވެސް އެ ނިޢްމަތް ލިބޭނީ ހިތުގެ އިޙްޞާޞްތައް ބަހާއި ޢަމަލުން ނުދައްކައި އެކަންކަން މަންމައަށް ހާމަނުކޮށް ހެޔޮކޮށް ހިތުމުންނެވެ.

Narrated Asma': "My mother who was a Mushrikah (pagan, etc.), came with her father during the period of peace pact between the Muslims and the Quraish infidels. I went to seek the advice of the Prophet (ﷺ) saying, "My mother has arrived and she is hoping (for my favor)." The Prophet (ﷺ) said, "Yes, be good to your mother."

Saheeh Bukhaari: 5979

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން