ހަނދުމަކޮށްދިނުމެއް!: އާފުރުމަކީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. އާފުރޭނަމަ ކުޅަދާނަވީ ވަރަކުން އެކަން ހުއްޓުވަން މަސައްކަތްކުރާށެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ހަނދުމަކޮށްދިނުމެއް!: އާފުރުމަކީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. އާފުރޭނަމަ ކުޅަދާނަވީ ވަރަކުން އެކަން ހުއްޓުވަން މަސައްކަތްކުރާށެވެ!: ޙަދީޘް

"އާފުރުމަކީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭނަމަ ކުޅަދާނަވީ ވަރަކުން އެކަން ހުއްޓުވަން މަސައްކަތްކުރާށެވެ. ފަހެ ހަމަކަށަވަރުން މީހަކު އާފުރޭހިނދު ’އާ‘ މިފަދައިން ކިޔާ ނަމަ ޝައިޠާނާ (އެކަމާ އުފާކޮށް) ހޭނެތެވެ؟" (ޞަޙީޙް ބުޚާރީ: 3289)   

ތިރީގައި މިވަނީ އާފުރުމަކީ ކިހިނެއްވާ ކަމެއްކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުމެވެ. ލިޔުމުގެ ސަބަބުން ކިޔުންތެރިންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ.  

އާފުރުން އެއީ ކިހިނެއްވާ ކަމެއް؟  

އާ ފުރެން މެދުވެރިވަނޢާއްމުގޮތެއްގައި ދެ ސަބަބެއް މެދުވެރިވެގެންނެވެ. 

ފުރަތަމަ އަދި އެންމެ ޢާއްމު ސަބަބަކީ ހަށިގަނޑަށް ވަރުބަލިކަން ލިބި ފޫހިވުމެވެ. އަދި ފިކުރުބޮޑުވުން ފަދަ ސަބަބުތަކެވެ. 

ދެވަނަ ސަބަބެއްކަމުގައި ފާހަގަ ކުރެވިފައި ވަނީ އިންސާނާއަށް ކުރިމަތިވާ ރޫޙާނީ ކަމެއްގެ ސަބަބުންނެވެ. އެއީ ޙަސަދަ އާއި އެސްފީނާ އެވެ. ނުވަތަ ޝައިޠާނާގެ ކިބައިން އަންނަ އުދަނގުލެއްގެ ސަބަބުންނެވެ. 

އާ ފުރުމާއި މެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

التَّثَاؤُبُ مِنَ الشَّيْطَانِ فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ فَإِنَّ أَحَدَكُمْ إِذَا قَالَ هَا ضَحِكَ الشَّيْطَانُ - صحيح البخاري 3289-  

މާނައީ: "އާފުރުމަކީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭނަމަ ކުޅަދާނަވީ ވަރަކުން އެކަން ހުއްޓުވަން މަސައްކަތްކުރާށެވެ. ފަހެ ހަމަކަށަވަރުން މީހަކު އާފުރޭހިނދު ’އާ‘ މިފަދައިން ކިޔާ ނަމަ ޝައިޠާނާ (އެކަމާ އުފާކޮށް) ހޭނެތެވެ."

ޚާއްޞަކޮށް ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން ފަދަ އަޅުކަންތައް ތަކުގައި މިކަން އާދަޔާޚިލާފަށް ފާހަގަ ކުރެވޭ ނަމަ އެއީ ޝައިޠާނީކަމެއް ކަމުގައި ބެލެވިދާނެއެވެ. ހަމަ އެހެންމެ ފާހަގަ ކޮށްލަން ބޭނުން އަނެއްކަމަކީ ޝައިޠާނީ ކޮންމެ އުދަނގުލަކީ ސިހުރު ހާހޫރައަކަށްވުން ލާޒިމު ނުވާނެ ކަމެވެ. މިގޮތަށް އާދަޔާ ޚިލާފަށް ގިނައިން އާ ފުރުމުގައި އެންމެ ގިނައިން އެކަން ދިމާވާ ސަބަބަކީ އެސްފީނާ އަދި ޙަސަދައެވެ. މިގޮތަށް ދިމާވާނަމަ ރުޤްޔާކޮށްލުން ރަނގަޅުވާނެއެވެ. 

އާފުރޭހިނދު ޢަމަލުކުރާނެ ގޮތްވެސް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ فَإِنَّ الشَّيْطَانَ يَدْخُلُ- صحيح مسلم 2995 – މާނައީ: ” ތިޔަބައިމީހުން ކުރެ މީހަކު އާފުރޭ ހިނދު، އަނގަމަތީގައި އަތް އަޅާ ނިވާކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ އަނގައިގެ ތެރެއަށް ވަދެއެވެ”.

އާފުރޭ ހިނދު އަނގަމަތީގައި އަތް އަޅާއިރު ވައަތް އެޅުން މުސްތަޙައްބުވެގެންވެއެވެ. ވައަތް ނޭޅޭނަމަ ކަނާއަތް އެޅުމަކުންވެސް މައްސަލައެއް ނެތެވެ. މިކަމުގައި މުހިންމީ އަނގަ ހުޅުވިއްޖެނަމަ ކޮންމެ އަތަކުން ވިޔަސް ފޮރުވުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން އާފުރޭ ހިނދު އަޢޫޛު ކިޔުމަކީ އެއީ ޘާބިތުކަމެއް ނޫނެވެ. 

މަރްޖިޢު
فتاوى اللجنة الدائمة” (6/383) .
https://islamqa.info/ar/answers/137242
https://islamqa.info/ar/answers/106439

 

 

މިއަދު އޮންލައިން