އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
އެންމެ 2 ރަކްޢަތް ކުރިނަމަވެސް ދަމުނަމާދުކުރިކަމަށް ފުދޭނެތަ؟
އެހީ:
އެންމެ 2 ރަކްޢަތް ކުރިނަމަވެސް ރޭއަޅުކަންކުރި ކަމަށް ފުދޭނެއެވެ. ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭއަޅުކަންކޮށް ނިންމަވައިލައްވަމުން ގެންދެވީ ވިތުރިގެ 1 ރަކްޢަތުންނެވެ. މޮޅުއިތުރުވެގެންވާ ގޮތަކީ ވިތުރިގެ 1 ރަކްޢަތުން ނިންމުމެވެ.
މިކަން މިމޭރުމުން ބަޔާން ކުރީ އިރާކޮޅު ތަރާވީޙްކުރުމަށްފަހު އަދި އެއިގެފަހުން ޤުރްއާންވެސް ކިޔަވައިގެން ނިދާތީ ވަރަށް ބޮޑަށް ވަރުބަލިވެ ތަހައްޖުދުނަމާދު ދިގުކޮށް ކުރަން ބުރައަކަށްވާ މީހުން ތިބޭތީއެވެ. އެފަދަ މީހުން ބޭނުންވާނަމަ ތަހައްޖުދް ނަމާދުގެ ކިތަންމެ މަދުމިންވަރެއް ނަމަވެސް ކުރާށެވެ! އަދި ވިތުރިން ނިންމާށެވެ! މުހިންމީ ފަހުދިހައިގެ ރޭތަކުގައި ނެތްހިތްވަރު ގަދަކަމުން ނެރެގެންވެސް ލިބެން އޮތް ބޮޑު ފައިދާ ހޯދަން މަސައްކަތްކުރުމެވެ.
- މައުލޫމާތު: އިސްލާމް ކިޔޫއޭ
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.