ކަންނެތްނުވެ ކޮންމެދުވަހަކު ވީހާގިނައިން އަސްތަޣްފާރުކުރަންވީ ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކަންނެތްނުވެ ކޮންމެދުވަހަކު ވީހާގިނައިން އަސްތަޣްފާރުކުރަންވީ ސަބަބު-: މުފްތީ މެންކް

ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކުރަން އޮތް ކަމަކީ ދީނުގައި ޘާބިތުވެ ހުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމާއި އަސްތަޣްފާރުކުރުން ގިނަކުރުމެވެ. ގިނަ ބައަކު އަޅުކަމުގައި ހީވާގިވެއެވެ. އަދި އަސްތަޣްފާރުކުރުމުގައި ވަރުބަލިވެ ކަންނެތްވެއެވެ. އެއީ އެކަމުގެ މުހިންމުކަން ވަޒަންނުކުރެވޭތީއެވެ. 

ބައެއް މީހުން ބުނެއެވެ. އަދި ސުވާލުވެސް ކުރެއެވެ. "ފާފަ ފުއްސަވައިދެއްވެވުން އެދިގެން އެންމެ ފަހަރަކު ދެންނެވިނަމަވެސް ފާފަފުއްސަވައިދެއްވަވާނެއިރު ދެން ކޮންމެ ދުވަހަކު 70/ 100 ފަހަރު އަސްތަޣްފާރުކުރަންވީ ކީއްވެގެން ހެއްޔެވެ؟" 

އަހުރެންގެ ވިސްނުމުގައި އެކަމަށް އޮތީ 3 ސަބަބެކެވެ.  

ފުރަތަމަ ކަމަކީ ކުރެވުނު ފާފަތަކާއިމެދު ހިތާމަކުރާކަމާއި ކުރެވުނު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމުން އެކަމާއި އެމީހަކު ދެރަވެފައި ހުރިވަރު ހާމަވެގެންދާ ކަމެވެ.  

ދެވަނަ ކަމަކީ ފާފަފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ އުފުއްލަވައި ދެއްވަވާ ސަބަބަކަށްވުމެވެ.  

ތިންވަނަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެމީހާ އެދޭ ބޭނުންތައް ފުއްދަވައި ދެއްވަވާ ކަމެވެ.  

އަހުރެންގެ ވިސްނުމުގައި މި 3 ކަންތަކަށްވުރެ މުހިންމުކަންބޮޑު 3 ކަމެއް އެއްވެސް އިންސާނަކަށް ނުވެއެވެ. ރަސޫލާ އެއްވެސް ފާފައެއް ނުކުރައްވަވާއިރުވެސް ކޮންމެ ދުވަހަކު 70/ 100 ފަހަރު އަސްތަޣްފާރުކުރެއްވެވީވެސް ހަމަ މި ސަބަބުތަކަށްޓަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން