ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތްވެހުރެވޭނީ މިކަންކަން ރަނގަޅަށް އެނގި ޤަބޫލުކޮށް ޢަމަލުވެސްކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތްވެހުރެވޭނީ މިކަންކަން ރަނގަޅަށް އެނގި ޤަބޫލުކޮށް ޢަމަލުވެސްކޮށްގެން!

ޝައިޠޯނާގެ މަސައްކަތަކީ އިންސާނުންނަށް ދުއްތުރާތައް ކުރުމެވެ. އެކަމުގައި އެއެއްޗެތި ވަރުބައްޔެއް ނުވާނެއެވެ. ކިތަންމެ ހަނި ފުރުޞަތެއް ލިބުނަސް އިންސާނުންގެ މައްޗަށް ބާރުފޯރުވަން ަމސައްކަތްކުރާނެއެވެ. ވީމާ ޝައިޠޯނުން އިންސާނުންނަށް ކުރާ ދުއްތުރާތައް އެނގެން އެބަޖެހެއެވެ. ރައްކައުތެރިވާން މަސައްކަތްކުރެވޭނީ އެކަންކަން އެނގުނު ވަރަކުންނެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ޝައިޠޯނާއަކީ އިންސާނުންގެ މައްޗަށްވާ ބޮޑު ޢަދާވާތްތެރިއެއް ކަމަށެވެ. ވީމާ އިންސާނުންނަށް ދެރައާއި ގެއްލުން ދިނުން ނޫންކަމެއް އެއެއްޗެތި ނުކުރާނެއެވެ.  

ތިރީގައިވާ ލިޔުމުގައިވާ ކަންކަމަށް ސަމާލުކަން އިތުރުކުރަން މަސައްކަތްކުރާށެވެ!  

ޝައިތާނާ އަބަދުވެސް ތަފާތު ގޮތްގޮތުން އިންސާނުން މަގުފުރައްދަން މަސައްކަތް ކުރެއެވެ. އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ ޝައިތާނުން އިންސާނުންނަށް ކުރާ ބައެއް ދުއްތުރާތަކެވެ.  

· އުފަންވާ ވަގުތު ހަމަލާދިނުން: ކުއްޖާ އުފަންވާ ވަގުތަކީ ޝައިތާނާ ވަރަށް ފާރަވެރިވެ، އެކުއްޖާ މަގުފުރެއްދުމަށްޓަކައި އެ ކުއްޖާ އާއި ހަވާލުވާ ޝައިތާނުންގެ ޤަރީނު އެކަމާ ހަވާލުވާ ވަގުތެވެ. ކުއްޖާ އުފަންވާއިރު ކުއްޖާ ރޮއިގަންނަ އެއް ސަބަބަކީ އެއީއެވެ.   

މިފަދަ ދުއްތުރާތަކުން ސަލާމަތްވުމަށް ދެމަފިރިން އެއްދާންކުރާއިރު މި ދުޢާ ކިޔުން ވާރިދުވެފައިވެއެވެ. 

باسم الله، اللهم جنبنا الشيطان وجنب الشيطان ما رزقتن 

މާނައީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ. އޭ ﷲ! ޝައިތާނާ އަޅަމެންނާ ދުރުކޮށްދެއްވާންދޭވެ! އަދި އިނބަ ﷲ އަޅަމެންނަށް ދެއްވަވާ ދަރިންނާއިވެސް ޝައިތާނާ ދުރުކޮށްދެއްވާނދޭވެ." 

· ވަސްވާސްދިނުން:  

އިންސާނާ މަގުފުރެއްދުމަށްޓަކައި އިބިލީސް ސައްހަ ޢަޤީދާ އާއި މެދު ޝައްކު އުފައްދައެވެ. އަދި މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ނާސް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾‏ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾‏ مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾‏ މާނައީ: "ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.) 4)އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. (5) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. (6)" 

· އިންސާނާ ނިދާއިރު ޝައިތާނާ ގޮށްޖެހުން: 

· ބިރުވެރި ހުވަފެން ދެއްކުން:  

އިންސާނާ ނިދާފައި އޮންނައިރު ބިރުދައްކާ ހާސްކުރުމަށް އިންސާނާއަށް ބިރުވެރި ހުވަފެން ދައްކާ ހަދައެވެ. ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ." ހެޔޮ ރަނގަޅު ހުވަފެން އަންނަނީ ﷲ ގެ ޙަޟްރަތުންނެވެ." އަދި ބިރުވެރި ހުވަފެން އަންނަނީ ޝައިތާނާގެ ފުށުންނެވެ. ފަހެ، އެމީހާ ނުރުހޭކަމެއް ހުވަފެނެއް ފެނިއްޖެނަމަ، އެމީހެއްގެ ވައަތް ފަރާތަށް ތެތްކަން ހުންނަވަރަށް ތިންފަހަރު ފުމެލާށެވެ. އަދި ޝައިތާނާގެ ކިބައިން ރައްކާތެރިކަން ދެއްވުން އެދި ޢަޢޫޛު ކިޔާށެވެ. ފަހެ އެއިރުން އެކަމުގެ ގެއްލުމެއް ނުފޯރާނެއެވެ." 

· ސިހުރާއި ޙަސަދައިގެ ބާރުގައި ދުއްތުރާކުރުން:

އެގޮތުން މީހުންގެ ދިރިއުޅުން ބަރުބާދު ކުރުމާއި ތަފާތު ވޭނާއި ހިތްދަތިކަން ކުރިމަތި ކުރުވުން ހިމެނެއެވެ.

 

- ޝައިޚް މުހައްމަދު ސިނާން

 

 

މިއަދު އޮންލައިން