ﷲ ތަޢާލާ އަންގަވަނީ --- " ތިޔަބައިމީހުން ތިމަންﷲ ތަޢާލާއަށް ޝުކުރު އަދާކުރާށޭ. ތިޔަބައިމީހުންގެ މައިންބަފައިންނަށްވެސް ޝުކުރު އަދާކުރާށޭ.
ޢިލްމުވެރިން ވިދާޅުވަނީ މާތް ﷲ އަށް ޝުކުރު އަދާކުރާގޮތަކީ ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރުމެވެ. މައިންބަފައިންނަށް ޝުކުރު އަދާކުރާގޮތަކީ ފަސް ނަމާދުގެ ފަހުގައި މައިންބަފައިންނަށްޓަކާ ދުޢާ ކޮށްލުމެވެ. އެކަމެއް ނުވާނެ. އެއީ އެހާ ވަޤުތެއް އަހަރެމެން އަތަކު ނޯވެ. އެހެންވީމަ އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ އައްތަޙިއްޔާތުގެ ތެރޭގައި ސަލާން ދިނުމުގެ ކުރިން ތިން ފަހަރު ކިޔާލާނީ --- " މިއަޅާގެ ވެރި ރަސްކަލާކޯއެވެ. މިއަޅާއަށާއި މިއަޅާގެ މަންމައާއި ބައްޕައަށް އަދި މުޢުމިނުންނަށް ޙިސާބު ބެއްލެވޭ ދުވަހު މަޢާފް ކޮށްދެއްވާންދޭވެ." އެހެންމަ ކޮންމެ ނަމާދެއްގައި ހުންނާނީ މަންމައާއި ބައްޕައަށް ދުޢާ ކުރެވިފަ.
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމްވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުތަކުންނަށް ފާފަފުއްސަވާނދޭވެ!"
(އިބްރާހީމް: 41)
ޢިލްމުވެރިން ވިދާޅުވަނީ މަންމައާއި ބައްޕައަށް ދުޢާ ކުރާހާ ހިނދަކު އޭނާއަކީ ޞާލިހު އަޅެކެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙާދީޘް ކުރައްވަނީ (އަރަބި) " ހެޔޮލަފާ ޞާލިޙު ދަރިއެއް އޭނާގެ މައިންބަފައިންނަށް ދުޢާ ކުރާހާ ހިނދަކު މަރުވުމަށްފަހުވެސް ޘަވާބު ލިބޭނެއެވެ." އެހެންމަ ޞާލިހު މި ލަފްޒު އައިސްފަ އޮތީ. އެހެންމަ މައިންބަފައިންނަށް ދުޢާ ކުރާހާ ހިނދު އޭނާއަކީ ޞާލިހު އަޅެކެވެ. އެހެންވީމާ މައިންބަފައިން މަތިން ހަނދާން ނައްތާލާކަށެއް ނުވާނެ. އެހެންވީމަ އުއްމީދަކީ ހަމަ އެ ދަސްކޮށްލާފަ އަދި ދަރިންނަށްވެސް ދަސްކޮށްދެއްވާށޭ ހުރިހާ ބޭފުޅުންވެސް އެ އާޔަތް. އޭރުން ކިތަންމެ، ވާހަކައަކީ ވަޤުތު ނެތްކަމުގައި ވިޔަސް ސަލާމް ދިނުމުގެ ކުރިން މައިންބަފައިންނަށް ދުޢާ ކޮށްލާފަ ދާނީ. ޤިޔާމަތް ދުވަހުން އެމީހެއްގެ މައިންބަފައިން ދަންނާނެ އަޅުގަނޑުމެންގެ، " މިއަޅާގެ ވެރި ރަސްކަލާކޮ އަޅަމެންގެ ދަރަޖަ މއްޗަށް ދިޔައީ ކީއްވެގެންހޭ؟ ﷲ ތަޢާލާ އަންގަވާނެ މިވެނި ދަރިފުޅެއްގެ ދުޢާގެ ސަބަބުންނެވެ."
(މިއީ ސޯޝަލް މީޑިއާއިން ލިބިފައިވާ ބަސްކޮޅެކެވެ. މިބަސްކޮޅުގެ މަސްދަރު ހާމަނުކުރެވުނީ ޓައިޕްކުރުމުގައި އަރާފައިވާ އޮޅުމަކުންނެވެ. މިބަސްކޮޅުގެ ވެރިފަރާތުން އަންގަވާލަ ދެއްވައިފިނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަމެވެ. ބަސްކޮޅުގެ މުހިންމުކަން ބޮޑުކަމުން ޝާއިޢުކޮށްލީއެވެ.)