ސުވަރުގޭގެ 8 ދޮރުކޮޅު ތިބާއަށްޓަކާ ހުޅުވި ބޭނުން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ލިބޭ ކުޑަކުޑަ ޢަމަލެއް- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ސުވަރުގޭގެ 8 ދޮރުކޮޅު ތިބާއަށްޓަކާ ހުޅުވި ބޭނުން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ލިބޭ ކުޑަކުޑަ ޢަމަލެއް- ޙަދީޘް

އަބަދުވެސް ބުނަމެވެ. ބޭނުންވެގެން މިއުޅެނީ ވީހާ ގިނަ ޘަވާބެވެ! ވީހާ ބޮޑު ރަޙްމަތެވެ. އެނިޢުމަތްތައް ލިބެން އޮތީ ހަމައެކަނި ބޮޑެތި ޢަމަލުތައް ކުރުމަކުން ނޫނެވެ. ހިތަށްވެސް ނުގެނެވޭހައި ބޮޑެތި ނިޢުމަތްތައް ދެއްވަވާ ވަރަށް ކުދިކުދި ޢަމަލުތައްވެސް އެބަހުއްޓެވެ. މިބަޔާންކުރަނީ އެފަދަ ކަމެކެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُأَوْ فَيُسْبِغُالْوُضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ» [رواه مسلم]

މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާހިނދު، އެކަންކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރުމަށްފަހު، ދެން މިފަދައިން ކިޔައިފިމީހާ ދަންނައެވެ. 

أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ  

މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ". 

ފަހެ، އޭނާއަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭ ހުށްޓެވެ. އޭގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަ ހުށްޓެވެ." [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]  

ބައެއް މީހުން މިިސްކިތުގައިވެސް ގޭގައިވެސް ވުޟޫކުރުމަށްފަހު ދުޢާ ނުކިޔައި މީސްތަކުންނާއި ވާހަކަދައްކައި ހަދާތަން ފެނެއެވެ. އެހެން ނުހަދާށެވެ. އެ ނަގައިލެވެނީ މިބަޔާންކުރި މަތިވެރި ފުރުޞަތު ލިބިގެންދާނެ ޢަމަލެވެ. ޢަމަލަށް ބަލައިފިނަމަ ކުޑަކުޑަ ޢަމަލެކެވެ. ދެއްވަވާ ނިޢްމަތް ކިތަންމެހައިވެސް ބޮޑެވެ. އިން ޝާ ﷲ

މިއަދު އޮންލައިން