ތިބާގެ ބޭނުންތަކާ ކުރިމަތިވެފަވާ ކަންކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގަ ބުނުމުގެކުރިން އޭނާހުރި ޙާލަތު އޮޅުންފިލުވަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތިބާގެ ބޭނުންތަކާ ކުރިމަތިވެފަވާ ކަންކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގަ ބުނުމުގެކުރިން އޭނާހުރި ޙާލަތު އޮޅުންފިލުވަންޖެހޭނެ!: މުފްތީ މެންކް

ދިރިއުޅުމުގައި ކަމެއް ދިމާވެގެން ކިތަންމެ ގާތް އެކުވެރިއަކަށް އެކަން ޙިއްޞާކުރަން ބޭނުންވި ނަމަވެސް ފުރަތަމަ ކަމަކަށް އޭނާ ހުރި ޙާލަތު ދެނެގަންނާށެވެ. ދިރިއުޅުމުގެ ކަމެއްގައި ނަމަ އޭނާ ދިރިއުޅޭ ޙާލަތު އޮޅުންފިލުވާށެވެ. އޭނާ އުޅެމުން އަންނަނީ ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައި ނޫންކަން ޔަޤީންކުރާށެވެ!

ހަމަ އެފަދައިން ކިތަންމެ ގާތް އެކުވެރިއެއްގެ ކިބައިން މާލީ އެހީތެރިކަމަކަށް އެދެން ބޭނުންވިނަމަވެސް އޭނާހުރީ ތިބާ އެދެން ބޭނުންވާ ކަންތައް ފުއްދައިދެވޭފަދަ ޙާލަތެއްގައިތޯ ބަލަންވާނެއެވެ. އެހެނީ އަތުގައި ފައިސާހުރެވެސް ބޮޑު ތަކުލީފެއްގައި އުޅެންޖެހފައިވެސް އޮވެދާނެއެވެ.

ކަންކަން މިހެން ހުރުމުން ތިމާއަށް ކުރިމަތިވެފައިވާ ކަންކަމުގެ ޝަކުވާތައް މީސްތަކުންނަށް ކިޔައިދޭންވާނީ ވަރަށް ވިސްނުންތެރިކަމާއިއކުގައެވެ. އެގޮތުން އެންމެ ބޮޑަށް ވިސްނަންޖެހޭނެ އެއްކަމަކީ ކިޔައިދެވޭ މހާގެ ޙާލަތެވެ.

އެހެނީ އޭނާ ދިރިއުޅެމުން ގެންދަނީ މާބޮޑެތި މައްސަލަތަކަކާއިއެކުގައި ކަމަށްވެސްވެދާނެއެވެ. އެފަދަ ޙާލެއްގައި ހުރި މީހަކަށް ތިބާގެ ޝަކުވާތަކުގެ އަޑުއިވުމުން އިތުރު އުނދަގޫތައް ކުރިމަތިވާނެއެވެ. ތިމާގެ ކަންބޮޑުވުންތަކުން އެހެން މީހުންނަށް އެއްވެސް އުނދަގުލެއް ކުރިމަތިވިއަދީގެން ނުވާނެއެވެ.

އަބަދުވެސް ބުނާފަދައިން ތިމާގެ މައްސަލަތަކުގެ ވާހަކަތައް ދައްކަންޖެހޭނީ އެވާހަކައެއްގެ އަޑުއިވުމުން އެކަމަކަށް އެހީތެރިވެދެވިދާނެ މީހުންގެ ގާތުގައެވެ. ހެޔޮ ލަފައާ ހިތްވަރުދެވޭނެ މީހުންގެ ގާތުގައެވެ. ނުވަތަ އެނޫންވެސް ގޮތަކުން އެހީތެރިވެދެވިދާނެ މީހުންގެ ގާތުގައެވެ.

އެހެން ނޫންނަމަ ތިބާގެ ފަރާތުން އަޑުއަހަންޖެހޭ ވާހަކަތަކަކީ އަނެކާއަށް އަނިޔާއަކަށްވެސްވެދާނެއެވެ. މިސާލަކަށް ޢާއިލީ ދިރިއުޅުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ ހިތްދަތިކަމުގައި ހުންނަ މީހެއްގެ ގާތު ތިބާގެހުރި އެފަދަ މައްސަލަތަކުގެ ވާހަކަތައް ދެއްކުމުން އޭނާގެ ކަންބޮޑުވުން އިތުރުވެ ލިބޭ މާޔޫސްކަމުގެ ސަބަބުން ދުނިޔޭގެ ދިރިއުޅުންމަތިން މުޅިން ފޫހިވެސްވެދާނެއެވެ! އެފަދަ ޙާލަތުގައި ކިތަންމެ ބޮޑު ނުބައިކަމެއްވެސް ކުރެވިދާނެއެވެ.

ވީމާ ތިމާގެ ހުރި މައްސަލަތަކުގެ ވާހަކަތައް ހިއްޞާކުރަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ތިމާއަށް އެކަމުން ފައިދާއެއް ކުރާނެ އަދި އަޑުއެހި މީހާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެގޮތަށް ވިސްނައިގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން