މިމަޤާމުގަ ހުރެ ގަތް ފްލެޓް ނިކަން ދައްކަބަލަ! ދޮގު ފެތުރީމާ ބަލިކަށިވާނީ އެކަންކުރާ ބައެއް!: ޙުސައިން ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
މިމަޤާމުގަ ހުރެ ގަތް ފްލެޓް ނިކަން ދައްކަބަލަ! ދޮގު ފެތުރީމާ ބަލިކަށިވާނީ އެކަންކުރާ ބައެއް!: ޙުސައިން ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ ޢަދާވާތްތެރިން ފަތުރަމުން ގެންދާ ދޮގުވާހަކަތަކަށް ޙުސައިން ފަހުމީ ރައްދު ދެއްވައިފިއެވެ. 

"ދެން ދައްކަންވީނޫންތޯ އެބުނާ ފްލެޓް! މިމަޤާމުގަ ހުރެގެން ގަނެފައިވާ ފްލެޓް! އެދައްކަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް! މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް." 

ދޮގުހަދައި ދޮގުފަތުރާ މެޝިންތަކުގެ ކަންކަން މިހާރު މިފެންނަ ގޮތުން މިސަރުކާރުގައި ކުރި ކައިވެންޏެއް ކަމަށްބުނެ 30 އަހަރުވީ އަނބިމީހާ ދެއްކުމަކީވެސް ދުރުގައި އޮތްކަމެއް ނޫންކަން ފާހަގަކުރެވެއެވެ. 

ފަހުމީގެ ބަސްފުޅު:  

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާ ފަރާތްތަކުން އަޅުގަނޑުގެ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކައެއްކަން ދަންނަވަން. 

މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް. ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން. 

އެހެންނަމަވެސް، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ އަޅުގަނޑު ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުޙަބާ ކިޔާނެ ވާހަކަ ދަންނަވަން.

މިއަދު އޮންލައިން