ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި: ވަޒީރު ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށެވެ. ނަމަވެސް ރައީސްގެ މޭސްތިރިކަމާއެކު ރާއްޖެ ކުރަމުންދާ ދަތުރުގައި އެ މައްސަލަތައް ހައްލުކުރައްވަމުން، ރަށްރަށުގައި މުހިންމު ވަޞީލަތްތައް ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭޓީއެމް ބެހެއްޓިދާނެކަމަށް މީގެ ކުރިން ބަޔަކު ގަބޫލު ނުކުރާނެ މިހާ އަވަހަކަށް. އެހެންނަމަވެސް މިހާރު މިދަނީ ކުޑަ ރަށެއް ބޮޑު ރަށެއް އެއްވެސް ކަހަލަ ޚިލާފުކަމެއް ނޯންނަގޮތަށް. ޔަޤީން ކަށަވަރު މިދިޔަ ކުޑަދުވަސްކޮޅުތެރޭގައި ލިބިގެންދާނެ އެންމެ ބޮޑު އުފުލަކީ މީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދެއްވައި، ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން