އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް: ޑެޕިއުޓީ ކޮންޓްރޯލަރ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް: ޑެޕިއުޓީ ކޮންޓްރޯލަރ

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް ކަމަށް ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން މިހެން ވިދާޅުވީ އިމިގްރޭޝަނަށް 75 އަހަރު ފުރުމާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އަޝްފާން ވަނީ އިމިގްރޭޝަނަށް 75 އަހަރުވެ އަލިމަސް ޔޫބިލް ފާހަގަކުރަމުންދާއިރު، އެ އިދާރާގެ މުވަައްޒަފުން ދިވެހި ރައްޔިތުންނާއި ބިދޭސީންނަށް ދެމުންގެންދާ ހީވާގި އަދި އަގު ހުރި ޚިދުމަތަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަދި މި އުފާވެރި މުނާސަބަތުގައި އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައްވެސް އަޝްފާން ވަނީ އަރިސްކުރައްވާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެއްކަން ފާހަގަކުރައްވާ އަޝްފާން ވިދާޅުވީ އުންމީދަކީ އިމިގްރޭޝަން ޚިދުމަތްތައް އިތުރަށް ކުރިއަރައި، ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ، އަދި އިތުބާރުހިފޭ ޚިދުމަތްތަކަކަށް އަބަދުވެސް ވެގެންދިޔުން ކަމަށެވެ.

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން