ހަނިމާދޫ އެއަރޕޯޓާއެކު އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ޓޫރިސްޓް އެނދު ބޭނުންވޭ: ވަޒީރު ޠާރިޤު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހަނިމާދޫ އެއަރޕޯޓާއެކު އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ޓޫރިސްޓް އެނދު ބޭނުންވޭ: ވަޒީރު ޠާރިޤު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ހުރުން މުހިއްމުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިކަން ވަޒީރު ފާހަގަކުރެއްވީ ރަށު ފަތުރުވެރިކަމަށް ބީއެމްއެލްގެ އެހީ، ހއ. އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މާ ލަސްތަކެއް ނުވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހެދިގެންދާނެ، ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމްވެސް ފުޅާވެގެންދާން ޖެހޭ، އެއީ އެއަރޕޯޓު ވައިބަލް ކުރަން އިތުރު ފަތުރުވެރިކަމުގެ އެނދު ބޭނުންވާތީ،" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ބީއެމްއެލުން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމްގެ އެހީގައި ހއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިއީ އެ ސަރަހައްދަށް ވަރަށް މުހިއްމު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުގެ ދަށުން، އުތުރުގެ ތިން އަތޮޅަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން