މިފްކޯއިން މިދިޔަ ހަފްތާގައި މަސްވެރިންނަށް 23.5 މިލިޔަން ރުފިޔާ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިފްކޯއިން މިދިޔަ ހަފްތާގައި މަސްވެރިންނަށް 23.5 މިލިޔަން ރުފިޔާ ދީފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ ހަފްތާގައި މަސްވެރިންނަށް 23.5 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މި ފައިސާއަކީ 151 މަސްދޯންޏަކުން ކިރުވި މަހަށް ދޫކުރި ފައިސާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާއާ އަޅާބަލާއިރު މަސްކިރުވި ދޯނިތަކުގެ އަދަދު ވަނީ 28 އިންސައްތަ ދަށްވެފައެވެ. މިގޮތުން މިދިޔަ ހަފްތާގައި 151 ދޯންޏަކުން މަސްކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 210 ދޯންޏަކުން މަސްކިރުވިއެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއީ ރަމަޟާންމަހުގެ ފަހު 10 ދުވަހާ ދިމާވުމާ ގުޅިގެން މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު މަދުވެގެން އައި ދަށްވުމެކެވެ. އަދި މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރެވުނު 23.5 މިލިޔަން ރުފިޔާއަކީ، އޭގެ ކުރީ ހަފްތާގައި ދޫކުރެވުނު 31.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ކުޑަ އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެއް ކަމަށްވާ، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. 

މިއަދު އޮންލައިން